ވިލާ ކޮލެޖުން މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ކޯހެއް ލޯންޗުކުރުން (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ވިލާ ކޮލެޖުން އެކައުންޓިން ދާއިރާގެ މާސްޓާޒް ކޯހެއް ފަށައިފި

މި ޕްރޮގްރާމްގެ ދަށުން ކޮމްޕްލެކްސް އެކައުންޓިން އަދި މާލީ މައްސަލަތައް ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ލިބޭނެ

ވިލާ ކޮލެޖުން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން ކޯސް ލޯންޗުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމެންޓުން ހިންގާ މި ކޯސް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

ތަފްސީލް - ވިލާ ކޮލެޖުން އަލަށް ފަށާ މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ޕްރޮގްރާމްގެ ދަށުން ކޮމްޕްލެކްސް އެކައުންޓިން އަދި މާލީ މައްސަލަތައް ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

  • މި ޕްރޮގްރާމަކީ ވިޔަފާރި، ކޮންސަލްޓިން، އަދި ފައިނޭންސްގެ ދާއިރާއިން ކުރިއެރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަށީގެންވާނެ ޕްރޮގްރާމެއް 

  • ޕްރޮގްރާމުގެ މުއްދަތަކީ 1 އަހަރު

  •  ޕްރޮގްރާމްގެ ކޯސް ފީ އަކީ މަހަކު 4،550ރ

ގުޅުން ހުރި - ވިލާކޮލެޖުން މިހާރު ވެސް ދަނީ އެކައުންޓިން އަދި ފައިނޭންސް އާ ގުޅުން ހުރި ގިނަ ޕްރޮގްރާމުތަކެއް ހިންގަމުންނެވެ.

  •  އެ ކޮލެޖުގެ ގެ އެކައުންޓިން އަދި ފައިނޭންސްގެ އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޑް ޕްރޮގްރާމްތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް