ޖޫން 14، 2022: ބާ އިމްތިހާން މައްސަލައިގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުވެ ތެރެއިން ބާ ކައުންސިލްގެ އިންތިހާބީ މެންބަރުން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބާ ކައުންސިލް

ބާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސްއަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 17ގައި؛ ކުރިމަތިލުމުގެ ފުރުސަތު އޮތީ އަންނަ ބުރާސްފަތީގެ ނިޔަލަށް

ހުސްވެފައިވާ ބާ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ މަހުގެ 31ގައި ކުއްލިއަކަށް އަވަހާރާވުމާ ގުޅިގެންނެވެ. 

ތަފްސީލް - ބާ ކައުންސިލުން ދެންމެ ކުރި އިއުލާނެއްގައި ބުނީ، ކައުންސިލުގެ ރައީސްގެ އިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ 17ގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ ހަމަ އެދުވަހު އިއުލާން ކުރާނެ އެވެ.

ބާ ކައުންސިލުގެ އިއުލާންގައި ވާގޮތުން:

  • މަގާމުތަަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށް

  • މި ތަކެތި ބަލައިގަންނާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް

ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ މީހަކީ، ގާނޫނީ ދާއިރާގައި މަދުވެގެން 10 އަހަރުގެ ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ. އަދި އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ، ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

މި މަގާމުތަކަށް ކުރިމަތިލާ މީހެއްގެ ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތަކަކީ:

  •  ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން

  • ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް