ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ކުއްލި މަރު

ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވެއްޖެ

އޭނާ ކުއްލި ގޮތަކަށް އަވަހާރަވީ މިރޭގެ ވަގުތެއްގައި

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ވިޝާމް،39، އަވަހާރަވެފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ އަވަހާރަވީ ހާޓްއެޓޭކެެއް ޖެހިގެންނެވެ. ނަމަވެސް އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ތަފްސީލް - އެސިސްޓަންޓް އެޓާނީ ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ވިޝާމް ބާ ކައުންސިލްގެ ރައީސްކަމަށް ހޮވިފައިވަނީ 2022ގެ ޖޫން މަހު އެވެ.

ވިޝާމަކީ އަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެއް ވެސްމެ އެވެ.

ކޮމެންޓް (1)

ހެޔޮދުވާކޮށްދެއްވާ

1 ފެބްރުއަރީ 2024
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ‏މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް