ނަހުލާގެ މަންމައާ ބައްޕަ އޭނާގެ ކެންޑޭޓް ފޯމާ އެކު އިލެކްޝަންސް ކޮމިޝަންގައި (ފޮޓޯ/އައިޝަތު ނަހުލާ)

އައިޝަަތު ނަހުލާ

ނަހުލާގެ ކެންޑިޑަސީ ފޯމު ހުށަހަޅުއްވަން ވަޑައިގަތީ މަންމަ އާއި ބައްޕަ

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ވާދަކުރައްވަނީ ހުޅުމާލޭ ދެކުނު ދާއިރާއަށް

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. އެކަމަކު އޭނާ ފޯމު ހުށައަޅުއްވަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ ބައްޕަ އާއި މަންމަ އެވެ.

ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަހުލާ ވާދަކުރައްވަނީ ޖޭޕީގެ ޓިކެޓްގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށެވެ. 

ނަހުލާގެ ފޯމު ހުށަހަޅުއްވަން މަންމަ ހަދީޖާ އިބްރާހިމް އާއި ބައްޕަ ހަސަން ޒަރީރު ވަޑައިގެންނެވި ފޮޓޯއެއް އޭނާ ވަނީ އެކްސްގައި ހިއްސާކުރައްވައިފަ އެވެ. 

އޭނާ ލިއުއްވީ މަންމަ އާއި ބައްޕައަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ، ސިޔާސީ ދާއިރާއަށް ވެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމް ހައްޔަރުކުރުމާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ހަރަކާތެއްގެ ތެރެއިން ނަހުލާ އާއި ފިރިކަލުން ގާސިމް އިބްރާހިމް (ފައިލް ފޮޓޯ/ ސަން)

ގާސިމް ހިމެނޭހެން އޭރު ޖަލުގައި ބަންދުކުރި ސިޔާސީ ލީޑަރުން މިނިވަންކުރަން ގޮވާލައި އެ ލީޑަރުންގެ އަނބިކަނބަލުންނާއި، އިދިކޮޅު އެމްޑީޕީއާ އިއްތިހާދުވި ސިޔާސީ ޕާޓީތަކުން ހިންގި ހަރަކާތްތަކުގައި ނަހުލާ ބައިވެރިވެވަޑައިގަތެވެ.

އެއަށް ފަހު ހަތަރު ޕާޓީގެ އިއްތިހާދަކުން 2018ގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގައި ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމު ނަހުލާއަށް ލިބިވަޑައިގަތެވެ. އެ ސަރުކާރު ނިމެންދެން އޭނާ އެ މަގާމުގައި ހުންނެވި އެވެ.

ކޮމެންޓް (4)

ސިދުގީ

13 ފެބްރުއަރީ 2024
ނަހުލާގެ މަންމައާއި ނަހުލާ ވައްތަރެވެ. އެކަމަކު ނަހުލާގެ ހުންނަ ރީތި ރަކި ހިނިތުން ވުމެއް ނެތެވެ. ނަހުލާގެ ބައްޕައާއި މަންމަ ތިބެނީ ކައިވެނިކޮށްގެންތޯ؟
0 0

ސަނައްޓޭ

13 ފެބްރުއަރީ 2024
މުސްކުޅި ސޭޓަކަށް ދަރި ވިއްކާލި މައިންބަފައިންދޯ މީ
2 0

މެކުނު

13 ފެބްރުއަރީ 2024
ކަމަނާ ހޮވިއްޖެ ނަމަ މަޖިލީސްެއައްވެސް ދާނީ ބައްޕައާ މަންމަބާ... ނޫނީ އެއްކަލަ ދުވަހު މަޖިލީހަށް ނާދެވު ކަންތައް ލައިގަތީތޯ.. ކަމަނާއަކަށް ތާއީދެއް ނެތް ތީ ބޭކާރު މަސައްކަތެއް.
3 0

ނަހުލާ

13 ފެބްރުއަރީ 2024
ނަހުލާ ނުގޮސް އޭނަގެ މައިންބަފައިން ފޮނުވި ސަބަބު ލިޔެލިނަމަ ހަބަރު ފުރިހަމަވީސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް