2024ގެ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް

ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރަން ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: ފިނޭންސް

ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސްގެ ބަޔާނުގައި ވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ކުޑަކުރަން އަދި ނިންމާފައި ނުވާ ކަމަށާއި ބޭރުގެ ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޑޮލަރު ލިބުމުގެ ތާށިކަން ބޮޑުވެފައި ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ހުރިހާ ކާޑުތަކެއްގެ ލިމިޓް މަހަކަށް 25 ޑޮލަރަށް ކުޑަކުރުމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް "އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން" ބީއެމްއެލްއިން އެ މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - މިނިސްޓްރީގެ ބަޔާނުގައި ބުނީ:

  • ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ9) އާއި ބީއެމްއެލް ގުޅިގެން ދަނީ މަސައްކަތް ކުރަމުން

  • ރާއްޖޭގެ މާލީ އަދި އިގްތިސޯދީ ހާލަތު ރަނގަޅުކޮށް ދަރަނީގެ ހީރާސްތައް ކުޑަކޮށް ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރަން ސަރުކާރުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން

  • މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން

ކާޑު ލިމިޓު ކުޑަކުރަން އެއްވެސް ނިންމުމެއް އަދި ނުނިންމާކަމަށް ސަރުކާރުން ބުނިނަމަވެސް، މިކަމާ ގުޅިގެން ބީއެމްއެލްއިން "ދައުރު" އަށް ބުނެފައިވަނީ، ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބުނީ: 

  • ކުޑަކުރާނޭ ވަކި ލިމިޓެއް އަދި މުޅިން ފައިނަލެއް ނުކުރެވޭ 

  • އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑަނާޅާ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް