ވ. އަންބަރާ: އެ ރަށް އޮންނަނީ ރިސޯޓު ހިންގުމަށް 50 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައި

ޓޫރިޒަމް

މިއަހަރު 20 ރިސޯޓު ހުޅުވުމަކީ އަމާޒު: ރައީސް

ހަދަން ފަށައި ނުނިމި ހުރި 63 ރިސޯޓެއް މާކެޓަށް ނެރުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި އާ 20 ރިސޯޓު މާކެޓަށް ނެރުން ކަމަށާއި އެއާއެކު ޓޫރިޒަމް ދާއިރާ އަށް 2،857 އެނދު އިތުރުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ހަދަން ފަށައި ނުނިމި ހުރި 63 ރިސޯޓެއް މާކެޓަށް ނެރުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްތަކާއި ބިންތައް އަދި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއްއް ނިންމާ މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސި ބަޔާން އިއްވަނީ (ފޮޓޯ/މަޖިލިސް)

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެ  މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ނުނިމި ހުރި ރިސޯޓުތައް ތަރައްގީކޮށް ނިންމުމަށް ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރެވިގެންދާނެ ކަމަށެވެ.

ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ވިޒިޓާ އިކޮނޮމީ ކައުންސިލެއް އުފައްދާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަމާޒަކީ ބައިނަލްއަގުވާމީ ބޮޑެތި މަހާސިންތާތަކާ ހަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހެދުމަށް މައިސް ޓޫރިޒަމް ތައާރަފު ކުރުން ކަމަށެވެ.

"ތައުލީމީ ދާއިރާ އާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއޮި ތިމާވެށީގެ ދާއިރާގެ ތެރެއިންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރަން. މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 175 ރިސޯޓު ހިންގަ އެވެ. އެއީ ޖުމްލަ 43،123 އެނދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް