އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)
ދައުރު ފެށޭ މާދަމާގެ މަޖިލިސް ޖަލްސާ ބޯއިކޮޓް ކުރަން އެމްޑީޕީން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދައުރު ފެށޭ މާދަމާގެ ޖަލްސާގައި ބައިވެރިނުވާން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ފާސްކުރީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 148 ވަނަ ބައްދަލުވުމުގަ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނުގައި، ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
-
ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސް ހަމަޖެއްސެވުން
-
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ބޭއްވުނު ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސް ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުން
-
މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުން
އެހެންކަމުން "ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުން" ޖަލްސާ ބޮއިކޮޓް ކުރަން ނިންމި ކަމަށް އެމްޑީޕީން ބުންޏެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީއާ އެކި ސިޔާސީ މަސައްކަތް ކުރަމުންދާ ޑިމޮކްރެޓްސް އިން ވެސް ވަނީ މާދަމާގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. އެ ޕާޓީން ދައުރު ފެށޭ ޖަލްސާގައި ބައިވެރި ނުވާން ނިންމާފައިވަނީ:
-
މާދަމާ ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ބާއްވާ ޖަލްސާއަށް މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާތީ
-
މިއީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއް ކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުން ދެކޭތީ، އަދި އެފަދަ އަމަލުތަކަށް ބާރުދޭން އެޕާޓީން ބޭނުން ނުވާތީ
ކޮމެންޓް (3)
ފަހަރި އިމް
އެހެންތޯ
ޕީޕަލްސް ނެޝަނަލް ފުރޭތަ