ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ޖާބިރުގެ ދެބަފައިން ވެސް އެމްޑީޕީ ޓިކެޓު ކާމިޔާބުކުރައްވައިފި

ޖާބިރު މިހާރު ވެސް ތަމްސީލުކުރައްވާ ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވިއިރު، އޭނާގެ ދަރިކަލުން މުއާޒު ވަނީ މަހިބަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރައްވާފައި
3 ފެބްރުއަރީ 2024
1

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އޭނާގެ ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރު އެ ޕާޓީގެ ޓިކެޓު ކާމިޔާބުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 9އިން ހަވީރު 5އަށެވެ.

ތަފްސީލު - ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވީ އޭނާ މިހާރު ވެސް ތަމްސީލުކުރައްވާ ކާށިދޫ ދާއިރާއަށެވެ. އޭނާ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ޖުމްލަ ވޯޓުގެ %62 އަގުލަބިއްޔަތަކުންނެވެ. އެގޮތުން، ޖާބިރަށް 252 ވޯޓު ލިބިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި އަބްދުﷲ ރިއްފަތަށް ލިބިވަޑައިގެންނެވީ 150 ވޯޓެވެ.

ޖާބިރުގެ ދަރިކަލުން މުއާޒު ވާދަކުރެއްވީ މަހިބަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށެވެ. އެ ޓިކެޓަށް އޭނާ އާއި އިތުރު ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. ޕްރައިމަރީގައި މުއާޒު ވެސް ކުރި ހޯއްދެވީ ތަފާތުބޮޑު ނަތީޖާއަކުން، ވޯޓުގެ %68 ހޯއްދަވައިގެންނެވެ. އެގޮތުން:

  • އަހްމަދު މުއާޒް އަބްދުﷲ ޖާބިރު - 234 ވޯޓު

  • ހައްވާ ރަޝީދާ - 14 ވޯޓު

  • ބުންޔާމީން ހަސަން - 96 ވޯޓު

  • އަބްދުލް ޖަލީލު އިބްރާހިމް - 132 ވޯޓު

ފާހަގަކޮށްލެވޭ ކަމެއް - ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ވެސް ޖާބިރު އެމްޑީޕީ ޓިކެޓަށް ވާދަކުރެއްވި ނަމަވެސް، އެ ފަހަރު ޕްރައިމަރީއިން ކުރި ލިބިވަޑައިނުގަތެވެ. އެހެން ނަމަވެސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ޖާބިރު ވަނީ އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފަ އެވެ.

އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 25 ޖޫން 2023 ގައެވެ.

ކޮމެންޓް (1)

ވިސާލް

3 ފެބްރުއަރީ 2024
ދެބަފައިން އެކަކު އަނެއްކަކަށް އަވަގުރާނަ ގޮވީމަ ދެން އެރަނގަޅުވީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް