ސަމާލުވާން އެދިފައިވާ ޓޮބްލެރޯން މިލްކު 100ގ ޗޮކްލެޓު

ޓޮބްލެރޯނުގެ ބެޗެއްގައި ޕްލާސްޓިކް ހުރެގެން ނުވިއްކަން އެދިއްޖެ

ޓޮބްލެރޯން ބްރޭންޑުގެ މިލްކު ޗޮކްލެޓުގެ ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ޗޮކްލެޓު ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެފްޑީއޭން ބުނި

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޗޮކްލެޓް، ޓޮބްލެރޯންގެ ބެޗެއް ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ބްރޭންޑުގެ ޗޮކްލެޓުގެ ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްެއެފްޑީއޭ) އިން ބުނީ ސްވިޒަލޭންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކު ޗޮކްލެޓުގެ، ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ބެޗެއް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރޮޓީސް ނެޓްވޯކް މެދުވެރިކޮށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ތަފްސީލް - ޗޮކްލެޓު ޕްލާސްޓިކުން ތަގައްޔަރުވީ ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކުން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެ މައުލޫމާތު ހިއްސާކުރި އިދާރާތަކާ ހަވާލާދީ އެމްއެފްޑީއޭ އިން ބުނީ، ތަގައްޔަރުވެފައިވާ ޗޮކްލެޓުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުންވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

ޓޮބްލެރޯން ޗޮކްލެޓާމެދު ސަމާލުވާން އެދި ވަނީ އެލާޓެއް ނެރެފައި
  • ސަމާލުވާން އެދިފައިވަނީ ޓޮބްލެރޯން މިލްކް އަދި ޓޮޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ނޫގާއަށް

  • މީގެ ތެރެއިން ޓޮބްލެރޯން މިލްކު ޗޮކްލެޓުގެ ބެޗު އުފައްދާފައިވަނީ 1 ސެޕްޓެމްބަރު 2023ގައި

  • ޓޮބްލެރޯން މިލްކް އެންޑް ހަނީގެ މުއްދަތު ހަމަވާ ތާރީހަކީ 2 ޑިސެމްބަރު 2024

  • ނުވިއްކަން އެދިފައިވަނީ މި ދެ ވައްތަރުގެ 50 ގްރާމް އަދި100 ގްރާމްގެ ޗޮކްލެޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް