ފުވައްމުލަކު ނައިބު ތުއްތު މަގުގައި 28 ޑިސެމްބަރު 2021ގައި ހިނގި އެކްސިނޑެންޓަކަށް ފަހު މަގު ބަންދުކޮށްފައި. (ދައުރު ފައިލް ފޮޓޯ)

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ވެންޓިލޭޓަރުގައި

އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ފާރެއްގައި ޖެހިގެން

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޭ 10:15 ހާއިރު ފުވައްމުލަކު ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.

ތަފްސީލް - ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ފާރެއްގައި ޖެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ. އެގޮތުން، ފުލުހުން ބުނީ:

  • އެކްސިޑެންޓުގައި އަނިޔާވީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް

  • އޭނާ މާލެ ގެނައީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިއަދު

  • އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް