ހުޅުމާލެ ފަޅު (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށް

ޑައިވިންއަށް ދިއުމަށް ފަހު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި، ފަތުރުވެރިއެއްގެ ފައި މިއަދު ބުރި ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ ހުޅުމާލެއާ ދިމާލުން ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ފީނުމަށް ފަހު މައްޗަށް އެރި ވަގުތު ހިނގި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

ތަފްސީލް - އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށެވެ. ފުލުހުން ބުނީ:

  • އޭނާގެ އެއް ފައިގެ ކަކުލުން ތިރި އެއްކޮށް ބުރިވެފައިވޭ

  • އޭނާއަށް ފަރުވާ ދެމުން ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި

  • އެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް