ވިލާ ކޮލެޖްގެ ޕްރޮގްރާމްތަކާއި ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑް (ޔޫޑަބްލިއުއީ)އާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ދަސްވެނިވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލާ ކޮލެޖު

އޭ ލެވެލް ނިންމި ކުދިންނަށް ވިލާގެ ކޯސްތަކަށް ކުރިމަތިލާން ފުރުސަތު

ޖެނުއަރީ އިންޓޭކްއަށް ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ކޯސްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ކޯސްތައް ހިމެނޭ

އޭ ލެވެލް ނިިންމި ދަރިވަރުންނަށް ފުރުސަތު ދިނުމަށް، ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ކޮލެޖުން ބުނީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ލިބެން ފަށާފައިވާއިރު، އޭ ލެވެލް ނިންމާ، ނަތީޖާ ލިބުނު ގިނަ ދަރިވަރުންތަކެއް އެ ކޮލެޖާ ގުޅެން އެދެމުން އަންނަ ކަމަށެވެ.

ތަފްސީލް - ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ނަމަވެސް މި މަހު ފަށާ ކޯސްތަކުގެ އޮރިއެންޓޭޝަން މިހާރު ދަނީ ކުރިއަށެވެ. އަލަށް ގުޅޭ ދަރިވަރުންނަށް އޮރިއެންޓޭޝަން ސެޝަންތައް ނަގައިދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ޖެނުއަރީ އިންޓޭކްއަށް ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ކޯސްތައް ހިމެނެ އެވެ.

  • އޭ ލެވެލް ނަތީޖާއިން ޑިގްރީ ޕްރޮގްރާމްތަކަށް ޝަރުތު ހަމަނުވާ ކުދިންނަށް ވިލާ ކޮލެޖުގެ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަންތްލީ އިންސްޓޯލްމެންޓަށް ފީ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

 މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް