ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާއެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން އިތުރު ފުރުސަތު
މި ޖެނުއަރީ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެކި ދާއިރާތަކުން 190 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި މާސްޓާސް ޑިގްރީ އިން ފެށިގެން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިމެނެ އެވެ. މީގެ ތެރޭގައި ބޭރުގެ ބޮޑެތި ޔުނިވާސިޓީތަކާ ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކުގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޕްރޮފެޝަނަލް ޕްރޮގްރާމުތައް ހިމެނެ އެވެ.
ޖެނުއަރީ މަހު ފަށާ އިންޓޭކުގެ ކިޔެވުން ފަށާނީ މި މަހުގެ ފަހު ހަފްތާގަ އެވެ.
ތަފްސީލް - މި ޖެނުއަރީގައި ފަށާ ކޯސްތަކުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
-
އިންފޮމޭޝަން ޓެކްނޮލަޖީ
-
ކޮމްޕިއުޓާ ސައިންސް
-
ޓީޗިން (އިސްލާމް، ގުރުއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް މާއްދާތައް، ސެކަންޑަރީ ސައިންސް މާއްދާތައް)
-
އެޑިއުކޭޝަން
-
ޝަރީއާ
-
ލޯ
-
ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ
-
ބިޒްނަސް މެނޭޖްމަންޓް
-
އޭވިއޭޝަން މެނޭޖްމެންޓް
-
އިންޓަނޭޝަނަލް ބިޒްނަސް
-
އިކޮނޮމިކްސް
-
އެކައުންޓިން އެންޑް ފައިނޭންސް
-
ބޭންކިން އެންޑް ފައިނޭންސް
-
މާކެޓިން
-
ހިއުމަން ރިސޯސަސް
-
އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް)
-
ރިސާޗު
-
ނާސިން
-
ސައިކޮލަޖީ
-
ޕަބްލިކް ހެލްތު
-
އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން
-
ހެލްތު ސާވިސަސް މެނޭޖްމަންޓް
-
ޕްރޮޖެކްޓު މެނޭޖްމަންޓް
-
ހޮސްޕިޓަލިޓީ މެނޭޖްމެންޓް
-
މާސް ކޮމިއުނިކޭޝަން
-
ކަލިނަރީ އާޓްސް
ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކުގައި މާސްޓާސް އިން ފެށިގެން ސެޓްފިކެޓް ލެވެލް 2 އާ ހަމައަށް ކޯސްތައް ހިމެނޭނެ ކަމަށެވެ. އެގޮތުން:
-
މާސްޓާސް ފެންވަރުގެ 21 ކޯސް
-
ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯސް
-
ޑިގްރީ ފެންވަރުގެ 45 ކޯސް
-
ޑިޕްލޮމާ ފެންވަރުގެ 50 ކޯސް
-
ފައުންޑޭޝަން ފެންވަރުގެ 17 ކޯސް
-
ސެޓްފިކެޓް3 ފެންވަރުގެ 17 ކޯސް
-
ސެޓްފިކެޓް ލެވެލް 2ގެ ކޯހެއް
މީގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގައުމީ ސެޓްފިކެޓް ލެވެލް 4ގެ ކޯހަކާއި ސެޓްފިކެޓް 3ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:
-
ހައުސްކީޕިން
-
ރިޒަވޭޝަން އެންޑް ޓިކެޓިން
-
ވޯޓާ ސްޕޯޓްސް
-
ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
-
ލައިފްގާޑިން
-
މެނޭޖްމަންޓް
-
އެއާޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް
-
ކޭޝިއަރިން
-
ޓުއާ ގައިޑިން
-
އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް
ސެޓްފިކެޓް ލެވެލް 4ގެ ކޯހުގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ކޯހެކެވެ.
ފާހަގަ ކުރެވޭ ކަމެއް - މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯޓްސްމޯތު ޔުނިވާސީޓީން ވެލިޑޭޓްކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.
މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ކިޔެވުމަށް ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން މެލޭޝިއާގެ ޓޭލާސް ޔުނުވާސިޓީގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމުތަކެއް ވެސް ވިލާ ކޮލެޖުން ހިންގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ބެޗެލާ އޮފް ކަލިނަރީ މެނޭޖެމަންޓް
-
ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަންސް
-
ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް
-
މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް
-
މާސްޓާ އޮފް ކޮމިއުނިކޭޝަން
މި ޕްރޮގްރާމުތަކުގައި ކިޔަވާ ދަރިވަރުންނަށް ކޯހުގެ ބައެއް ވިލާ ކޮލެޖުގައި ފުރިހަމަ ކުރުމަށް ފަހު، ބޭނުންވެއްޖެ ނަމަ ބާކީ ބައި މެލޭޝިއާގައި ފުރިހަމަކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ކޯސްތަކުގެ އިތުރުން، އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އާއި އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މީގެ އިތުުރުން، ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 1، 2 އަދި 3 ވެސް ވިލާ ކޮލެޖުގައި ކިޔަވައިދެ އެވެ.
ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ)ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލްގެ ކޯސްތަކަށް ވެސް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ.
-
ޖެނުއަރީ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނޭ
އެނގުން މުހިއްމު - މި ކޯސްތައް ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިޔުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖް ނައިފަރު ކެމްޕަސް، ވިލާ ކޮލެޖް ގަން ކެމްޕަސް، ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާ ކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެ ކޮލެޖުން ވަނީ މަހުން މަހަށް އިންސްޓޯލްމެންޓަށް ފީ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.