ވެލައްސަރު ރިސޯޓު. އެ ރިސޯޓު ކައިރިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި (ފޮޓޯ/ބުކިން.ކޮމް)

ރިސޯޓެއްގެ ދިވެހި މުވައްޒަފެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

މަރުުވެފައި އޮއްވާ ފެނުނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނި

ވެލައްސަރު ރިސޯޓު ކައިިރިން ކަނޑުމަތިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:11 ހާއިރު ކަމަށެވެ.

ތަފްސީލް- ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި ފިރިހެނެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އެގޮތުން: 

  • އޭނާގެ އުމުރަކީ 35 އަހަރު ކަމަށް ވެސް ފުލުހުން ބުނި

  • އޭނާ އަކީ ކޮން ރިސޯޓެއްގައިި މަސައްކަތް ކުރާ މީހެއް ކަމެއް ފުލުހުން ނުބުނެ 

  • ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް