ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ޕީޕީއެމް-ޕީއެންސީން ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން: މާލެ އަތޮޅު ކައުންސިލް ގޮނޑި ޕީއެންސީއަށް ވަނީ ލިބިފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިތުރު މީހަކު ކުރިމަތިނުލުމުން މާލެ އަތޮޅު ކައުންސިލުގެ ރައީސްކަން ޕީއެންސީއަށް

އޭގެ އިތުރުން، ދެ ރަށެއްގެ ކައުންސިލްގެ މެންބަރުކަން ވެސް ޕީއެންސީއަށް ވަނީ ލިބިފައި

އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް މިދިޔަ މަހުގެ 24ގައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިންނެވެ. އެ މަގާމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 26ގައި ހުޅުވާލި މުއްދަތު ހަމަވެފައި ވަނީ މި މަހުގެ 10 އަށެވެ.

ތަފްސީލު - ކޮމިޝަނުން އިއްޔެ ގެޒެޓް ކުރި އިއުލާންގައިވާ ގޮތުން، ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ:

  • އަހްމަދު އަނީސް، އޮޅުވެލި/ކ. ތުލުސްދޫ (ޕީއެންސީ)

އިއުލާންގައިވާ ގޮތުން، ދެ ރަށެއްގެ ކައުންސިލް މެންބަރުކަން ވެސް، ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން، އެ ދެ ގޮނޑި ވެސް ޕީއެންސީއަށް ވަނީ ލިބިފަ އެވެ. އެއީ:

  • ށ. މަރޮށި ކައުންސިލްގެ މެންބަރުކަން: ހުސައިން ނާޒިމް ނާޒިމް، ފަޒާ/މަރޮށި

  • ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަން: ހަސަން އާސިމް، ކޯނާ/ފަރެސްމާތޮޑާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް