އެމްޑީޕީއިން މީގެ ކުރިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 3 ފެބްރުއަރީގައި

ޖުމްލަ 43 ދާއިރާއެއްގައި އެމްޑީޕީގެ ޕްރައިމަރީ ބާއްވާއިރު، ޕްރައިމަރީއަކާ ނުލައި 35 ދާއިރާއަކުން އެ ޕާޓީގެ ޓިކެޓު ވަނީ ދީފައި

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2024ގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވާ ޕްރައިމަރީ އިންތިހާބު، 3 ފެބްރުއަރީގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީއިން މީގެ ކުރިން ވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބާއްވަމުން އައިސްފައިވަނީ ހޮނިހިރު ދުވަސްތަކުގަ އެވެ. އެމްޑީޕީއިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ފަރާތުން 20 ވަނަ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅާ އިންތިހާބު އޮންނަނީ 3 ފެބްރުއަރީ ވާ ހޮނިހިރު ދުވަހު އެވެ.

ތަފްސީލު - އެ އިއުލާނުގައިވާ ގޮތުން 43 ދާއިރާއަކުން އެ ޕާޓީގެ ޕްރައިމަރީ ބާއްވާނެ އެވެ. ބާކީ ހުރި ދާއިރާތަކުގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުޅުވައިލި ފުރުސަތުގައި އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި 35 ކެންޑިޑޭޓަކަށް ވަނީ ޓިކެޓު ކަށަވަރުވެފަ އެވެ.

މަޖިލީހުގެ ދެން އޮންނަ ދައުރަށް ހަ ދާއިރާ އިތުރުކޮށްފައި އޮތުމާ އެކު، ޖުމްލަ މެމްބަރުންގެ އަދަދު 93 އަށް އަރާނެ އެވެ. އެހެންކަމުން އެމްޑީޕީއިން ޓިކެޓު ކަށަވަރުވެފައިވާ ކެންޑިޑޭޓުންނާއި ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ބަލާއިރު، އެ ޕާޓީން 15 ދާއިރާއަކުން ވާދަ ނުކުރާނެ އެވެ.

ކޮމެންޓް (1)

މުހައްމާ

15 ޖެނުއަރީ 2024
ޕްރައިމަރީ ބާއްވާކަށްނުފެނޭ ކުރިމަތިލި މީހުންގެ ތެރެއިން އެއްމެގާބިލު އެއްފަރާތް ވާވެފަހުރިމީހާޔަށް ޓިކެޓް ދިނީމައެވީ މީގަ އިތުރަށް ދައްކާނެ ވާހަކައެއްނެތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް