މީގެ ދެ ހަފްތާ ކުރިން މާލެއަށް ހުއްޓުމެއް ނެތި 24 ގަޑިއިރަށް ވާރޭ ވެހި، މަގުތައް ފެންބޮޑުުވެފައި: އަނެއްކާވެސް ބޮޑު ކޮޅިގަނޑެއްގައި ޖެހި ގެއްލުންތަކެއް ވަނީ ވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މޫސުން

އަނެއްކާވެސް ބޮޑު ކޮޅިގަނޑެއް؛ ފެންބޮޑުވެ، ގެލުންތަކެއް

މާލެ ހިމެނޭ ގޮތަށް ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް މިހާރު ވަނީ ނެރެފައި

މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ބައެއް ސަރައްހަދުތަކަަށް އަނެއްކާވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެއަށް މިދިޔަ ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާން ފަށާފައި ވާއިރު، ރެއިން ފެށިގެން ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެއާ އެކު، މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ތަފްސީލު - މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ހެނދުނު ފަށާފަ އެވެ. އެމްއެންޑީއެފް އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މިހާތަނަށް 20 ގެއަކަށް ފެން ވަނެނުދިނުމަށްޓަކައި ސިފައިން ވަނީ ވެލި ބަސްތާ ޖަހައިދީފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ (އެންޑީއެމްއޭ) ޗީފް އެގްޒެކްޓިވް އޮފިސަރު ހިސާން ހަސަން މިއަދު 'ދައުރު'އަށް ވިދާޅުވީ، މާލޭގައި ފެން ވަތް ގެތަކުގެ އެސެސްމެންޓެއް އެ އޮތޯރިޓީން ހަދަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • މިހާތަނަށް ތިން ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފައި

  • އެއް ގޭގެ މީހުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ

ފެން ކުންފުނި، އެމްޑަބްލިއުއެސްސީން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، މި ވިއްސާރައިގައި ވައިގަދެވެ، އެ ކުންފުނީގެ ޕަމްޕް ސްޓޭޝަނެއްގެ ވަސްހޮޅި ވެއްޓި ގެއްލުންތަކެއްވަނީ ވެފަ އެވެ. 

"[އެކަމުގެ] ސަބަބުން ލިބުނު ގެއްލުންތައް ބަލައި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. މިކަމުގެ ސަބަބުން ކުންފުނިން ދޭ ހިދުމަތަށް ބުރުލެއްނާރާނެ،" އެމްޑަބްލިއުއެސްސީން ބުނެފައިވެެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)ގެ އޮޕަރޭޝަންތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން، މިއަދު ހެނދުނު ބައެއް ފެްލައިޓްތައް ނުޖެއްސި ޑިލޭ ވެސް ވެފައިވެ އެވެ.

މިއަދު މެންދުރު މާލޭ ރެސްޓޯރެންޓެއްގެ ތެރޭ މީހަކު ވިއްސާރައިގެ ޖެހި ތާށިވެފައި އިންއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަރަށް ބޮޑަށް ފުސްވެފައި (ދައުރު ފޮޓޯ)

ބައެއް ރަށްރަށް ވެސް ކޮޅިގަނޑުގެ އަސަރު

އެންޑީއެމްއެގޭ ސީއީއޯ ހިސާން ވިދާޅުވި ގޮތުން، މިދިޔަ 24 ގަޑިއިރު ތެރޭ ފަސް ރަށަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން، ރޭ ދަންވަރު ށ. ކޮމަންޑުއަށް އުދަރައިގެން ރިޕޯޓުކޮށްފައި ވާއިރު، މިއަދު ތިން ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ތ. ގުރައިދޫ

  • ތ. ތިމަރަފުށި

  • ދ. ކުޑަހުވަދޫ

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ވަނީ މާލެ ހިމެނޭ ގޮތަށް ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު އިރުއޮއްސި 6އަށް ޔެލޯ އެލާޓް ނެރަފަ އެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި:

  • ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ 

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ

  • ކަނޑުތައް ވެސް ގަދަވާނެ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް