ރިލްވާން (ކ) އާއި ޔާމީން (ވ)ގެ މައްސަލައިގައި ހައްޔަރު ކުރި އިސްމާއީލް (މ): އޭނާއަކީ މިހާރު އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރު

ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލާގެ ތުހުމަތުކުރެވޭ އިސްމާއިލްއަށް އާބަންކޯގެ އިސް މަގާމެއް ދީފި

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް އިސްމާއިލްގެ މައްޗަށް ކުރި؛ ހެކި ނެތް ކަމަށް ބުނެ މިދިޔަ ނޮވެމްބަރު މަހު ކޯޓުން ވަނީ ދައުވާތައް ބޭރުކޮށްލާފައި
10 ޖެނުއަރީ 2024
1

ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއްކޮށް، ދައުވާ ވެސް އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް މިއަދު ކަށަވަރުވެފައިވާ ގޮތުގައި، އިސްމާއިލް އެ މާގަަށް އައްޔަން ކުރުމާ އެކު މިހާރު އޭނާ ވަނީ ވަޒީފާއަށް ނުކުންނަން ފަށާފަ އެވެ. އެކަން އެ ތަނުގެ ބައެއް މުވައްޒަފުން ވެސް ކަށަވަރުކޮށްދެ އެވެ.

ތަފްސީލު - ރިލްވާން އާއި ޔާމީންގެ މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އެ މަގާމަށް އައްޔަން ކުރިކަން އިއްޔެއިން ފެށިގެން ސޯޝަލް މިޑިއާގައި ދައުރުވާން ފެށުމާ އެކު، ބައެއް މީހުންގެ ފާޑުކިޔުން ވެސް އާބަންކޯ އާއި ސަރުކާރަށް އަމާޒުވި އެވެ.

މިކަމާ ގުޅޭ ގޮތުން އާބަންކޯގެ ރަސްމީ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް، އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރިލްވާން އާއި ޔާމީންގެ މައްސަލާގައި އިސްމާއިލް ހިމެނޭ ގޮތަށް ތިން މީހަކު ހައްޔަރު ކުރީ ޖޫން 2022ގަ އެވެ. އަދި އޭގެ އެއް މަސްފަހުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް އިސްމާއިލްގެ މައްޗަށް ކުރި އެވެ.

ނަމަވެސް، ހެކި ނެތް ކަމަށް ބުނެ މިދިޔަ ނޮވެމްބަރު މަހު ކޯޓުން ވަނީ ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ. 

އިސްމާއިލްގެ މައްޗަށް ތުހުމަތު ކުރީ 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ރޭ، އޭނާއަށް ފާރަލައި މަރާލުމުގައި އެހީތެރިވި ކަމުގެ ތުހުމަތެވެ.

ކޮމެންޓް (1)

ެެެެެެެެދދދދދދދދދދދދދދ

11 ޖެނުއަރީ 2024
ގައުމުގެ ހާލަތު! ނޮވެމްބަރ ގަ ސަލާމަތްވީ ނުފޫޒުން ކަން ސާފު ވެއްޖެ. މުއިއްޒު ވެރކަން ކޮންޓްރޯލް ކުރަނީ ގޭންގްސް. ޕްރޫވަން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް