ބިންހެލުން އައި ސަރަހައްދު ރަތުން ފާހަގަކުރެވިފައި (މެޓް އޮފީސް)
ރާއްޖެ ކައިރި ސަރަހައްދަށް އަނެއްކާ ވެސް ބިންހެލުމެއް؛ އެކަމަކު ނުރައްކަލެއް ނެތް
ރާއްޖެ ކައިރިއަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދު ހަވީރު އައިސްފި އެވެ. އެއާއެކު މުސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ އެކަމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.
ވީ ކިހިނެއް؟ - މެޓް އޮފީހުން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ބިންހެލުން އައިސްފައި ވަނީ، ރާއްޖޭގެ އެންމެ ދެކުނުން އަައްޑޫއިން ފެށިގެން 894 ކިލޯމީޓަރާ ދުރުން ކާލްސް ބާގު ރިޖަށެވެ.
"މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެނޭ،" މެޓް އޮފީހުން އެކްސްގައި އާންމު ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
An earthquake of Magnitude 5.6 occurred in Carslberg Ridge. There is no threat to Maldives. pic.twitter.com/g8T7XxMJrc
— Maldives Meteorology (@MetMaldives) January 6, 2024
ތަފްސީލް - އިންޑިއާގެ ބިންހެލުންތަކާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުން އެ ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:46ގަ އެވެ.
ގުޅުންހުރި - މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދާ ވީ ދިމާލުން އިންޑިއާ ކަނޑަށް ވަނީ ހަތަރު ބިންހެލުމެއް އައިސްފަ އެވެ. އެފަހަރު ވެސް ބިންހެލުން އައިސްފައި ވަނީ ކާލްސްބާގު މިޑް އިންޑިއަން ރިޖަށެވެ.
ރާއްޖެއަށް 2004 ވަނަ އަހަރުގެ ޑިސެމްބަރު 26ގައި ސުނާމީ އެރިއިރު، އޭރު ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ސުމަޓްރާއަށެވެ. އެއީ، 9.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.