ބިންހެލުން އައި ސަރަހައްދު ފާހަގަ ކޮށްފައި ( ޔޫއެސް ޖިއޮލިޖިކަލް ސާވޭ)
ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދަށް 4 ބިންހެލުމެއް؛ ރާއްޖެއަށް އަސަރެއް ނުކުރޭ
ރޭ މެންދަމުން ފެށިގެން ހެނދުނާ ހަމައަށް ރާއްޖޭގެ ދެކުނުން އައްޑޫ ހިމެނޭ ސަރަހައްދަށް ހަތަރު ބިންހެލުން އައިސްފައިވާ ކަމަށާއި ނަމަވެސް ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓް އޮފީހުން މިއަދު ބުނީ ރޭ މެންދަމުން ފެށިގެން ހެނދުނާ ދޭތެރޭ، ކާލްސްބާގް، މިޑް އިންޑިއަން ރިޖަށް ހަތަރު ބިންހެލުން އައިސްފައިވާ ކަމަށެވެ.
އައްޑޫ އާ 900 އެއްހާ ކިލޯ މީޓަރު ދުރުން އައި އެ ބިންހެލުންތަކުގެ އަސަރު އެ އަތޮޅަށް ނުކުރާ ކަމަށާއި ރާއްޖެ އަށް ސުނާމީގެ އަސަރު ނުކުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ތަފްސީލް - ބިންހެލުން ޓްރެކުކުރާ ޔޫއެސް ޖިއޮލިޖިކަލް ސާވޭ އިން ބުނީ އެ ހަތަރު ބިންހެލުމުގެ ތެރެއިން
-
ފުރަތަމަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިން ރެކްޓާ މިންގަނޑުން 4.8 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް
-
ދެވަނަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިން ރެކްޓާ މިންގަނޑުން 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް
-
ތިންވަނަ ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ކަނޑުގެ 7.7 ކިލޯ މީޓަރު އަޑިން ރެކްޓާ މިންގަނޑުން 5.8 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް
-
ހަތަރުވަނަ ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިން ރެކްޓާ މިންގަނޑުން 5 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް