ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު (ކ) އާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް (ވ) ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ރައީސް މުހައްމަދު މުއިއްޒުއާ ހަވާލުކުރެއްވުމަށް ފަހު ފޮޓޯއަށް ހުއްޓިގެން (ފޮޓޯ/އެކްސް/މަރިޔަމް ޝިއުނާ)

ޕީއެންސީ

އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ދެ ކައުންސިލަރުން ޕީއެންސީއަށް

މިހާރު މާލޭ ސިޓީ ކައުންސިލުގައި އިންނެވީ އެމްޑީޕީ ތަމްސީލު ކުރައްވާ އެންމެ ކައުންސިލަރެއް

މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ދެ ކައުންސިލަރުން ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ. އެއާއެކު، ސިޓީ ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބޭފުޅުންގެ އަދަދު ވަނީ އެކަކަށް ވެއްޓިފަ އެވެ.

ތަފްސީލް - މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވީ:

  • ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު

  • ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިރޭ 'ދިވެހީންގެ ރާއްޖެ' ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ ކައުންސިލަރުން ވަނީ ޕީއެންސީއަށް ސޮއި ކުރެއްވި ފޯމު ރައީސް މުހައްމަދު މުއިއްޒުއަށް އަރުވައިފަ އެވެ.

ފާހަގަކޮށްލެވޭ - ދެ ކައުންސިލަރުންނަށް ވެސް ރަސްމިއްޔާތުގެ ބައިވެރިން ހޫނު މަރުހަބާއެއް ކި އެވެ

ފަސްމަންޒަރު - އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ރީހާން ވަނީ ދައުރުގެ ވަކި ހިސާބަކުން އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.

ނަމަވެސް ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އަންހެން ނައިބު ރައީސްކަމުގެ މަގާމަށް އާއިޝަތު އަލައިކާ އަދުނާންއާ ވާދަކުރައްވާ ބަލިވެވަޑައިގަތް ފަހުން އޭނާ ޑިމޮކްރެޓްސް އިން ވެސް ވަކިވެ، ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ.

ނިޒްލީ ޕީއެންސީއާ ގުޅިވަޑައިގަންނަވަންދެން ވެސް ހުންނެވީ އެމްޑީޕީގަ އެވެ.

އެނގުން މުހިއްމު - މި ބަދަލާ އެކު، މާލޭ ސިޓީ ކައުންސިލުގައި މިވަގުތު އެމްޑީޕީ ތަމްސީލް ކުރައްވަނީ ހަމައެކަނި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އެވެ.

ކޮމެންޓް (1)

ޏާޘިމ

6 ޖެނުއަރީ 2024
ރީނު އަކީ އަބަދުވެސް އަމިއްލަ ފައިދާ އަށް އުޅޭ މީހެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް