ވިލިމާލެ މަގުމަތި (ދައުރު ފޮޓޯ/ހުސެން ސުނޭން)

މަގު ހެދުން

ވިލިމާލޭ މަގުހަދަން ސާވޭ މަސައްކަތް ހަވާލުކޮށްފި

ވިލިމާލޭން 5.6 ކިލޯ މީޓަރުގެ މަގު ހަދާނެ، މަގު ހަދާނީ ސާވޭ އަށް ފަހު، ރައްޔިތުންގެ ހިޔާލު ހޯދައިގެން

ވިލިމާލޭ މަގުހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭ ހަދައި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.

ވިލިމާލެ މަގުހެދުމުގެ މަސައްކަތުގެ ސާވޭ އާރުޑީސީ އާ ހަވާލުކުރުން (ފޮޓޯ/އާރުޑީސީ)

ތަފްސީލް - މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި މިއަދު ހަވާލުކުރީ އެ މަސައްކަތް ފެށުމުގެ ކުރިން ބޭނުންވާ ސާވޭތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

"އެއީ ޕެޑިސްޓްރެނައިޒް ރަށަކަށްވުމާ އެކު، އަދި އެ ރަށުގައި އެކަށީގެންވާ ޓޮޕަގްރެފިކް ސާވޭތަކާ އެއްޗެހި ކުރެވިފައި ނެތީމާ ފުރަތަމަ މި ކުރާ މަސައްކަތަކީ ޓޮޕަގްރެފިކަލް ސާވޭތަކާ ޖިއޯ ޓެކްނިކަލް، ހައިޑްރޮގްްރެފިކަލް ސާވޭތަކާ އަދި މަސައްކަތް ކުރަން ބޭނުންވާ އީއައިއޭ ހެދުމުގެ މަސައްކަތުގައި ސޮއިކުރުން،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވިލިމާލޭގެ މަގު ހަދަން ދާނެ ހަރަދު ދެނެގަނެވޭނީ މަގުތަކުގެ ހާލު ދެނެގަތުމަށް ފަހު ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
  • މަސައްކަތުގެ ޓޮޕަގްރެފިކް ސާވޭ، ޑީޓެއިލް ޑިޒައިން އާ އީއައިއޭގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރީ 1.79 މިލިއަން ރުފިޔާ އަށް

  • މަސައްކަތް ނިންމާ ހަވާލުކުރާނީ ކޮންޓްރެކްޓުގައިވާ ގޮތުން 120 ދުވަސް (4 މަސް) ތެރޭ

  • މި މަޝްރޫއުގެ ދަށުން 5.6 ކިލޯ މީޓަރުގެ މަގު ހަދާނެ

މިނިސްޓަރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރާނީ ރައްޔިތުންގެ ހިޔާލާ އެކު ކަމަށާއި މަސައްކަތް ނިމޭ އިރު ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދި ފެން ހިންދާ ނިޒާމު ވެސް ގާއިމް ކުރެވޭނެ ކަމަށެވެ.

ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނެޓްވޯކު އަޕްގްރޭޑު ކުރުމަށް ސާވޭގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް