އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. (ފޮޓޯ/މަޖިލިސް)

އެމްޑީޕީގެ މަޖިލިސް ޓިކެޓް މިހާރުގެ އެމްޕީން ހިމެނޭ ގޮތުން 36 ފަރާތަކަށް ކަށަވަރުވެއްޖެ

ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި މިހާރުވެސް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ
3 ޖެނުއަރީ 2024

މިހާރު ވެސް މަޖިލީހުގައި ތިއްބެއްވި އެމްޑީޕީ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 36 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެބޭފުޅުންނަށް ޓިކެޓު ކަށަވަރުވެފައި ވަނީ، އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން އެ ޕާޓީން ހުޅުވާލި ފުުރުސަތުގައި އެ ދާއިރާއަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެވެ.

ޕްރައިމަރީ އަކާ ނުލާ ޕާޓީގެ ޓިކެޓު ލިބިފައިވާ ބޭފުޅުންގެ ނަންތައް އެ ޕާޓީގެ ވެބްސައިޓުގައި މިއަދު ވަނީ އިއުލާނުކޮށްފައިވެ އެވެ.

ތަފްސީލް - އެ ލިސްޓުގައި ވާގޮތުން އިތުރު ބޭފުޅަކު ކުރިމަތި ނުލައްވާތީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ނިމިދިޔަ އެ ޕާޓީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިހާރު އެމްޑީޕީ ތަމްސީލް ކުރައްވާ މަޖިލިސް މެންބަރުން ހިމެނެ އެވެ. އެގޮތުން އެ ލިސްޓަކީ: 

  • 1-

    ހޯރަފުށި ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ހޯރަފުށި ސަލީމް)

  • 2-

    އިހަވަންދޫ ދާއިރާ: މުހައްމަދު އާރިފް

  • 3-

    ވައިކަރަދޫ ދާއިރާ: މިހާރުގެ ވެސް މެންބަރު ހުސައިން ޒިޔާދު

  • 4-

    މަކުނުދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

  • 5-

    މިލަންދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަލީ ރިޒާ

  • 6-

    ފުނަދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

  • 7-

    ހޮޅުދޫ ދާއިރާ: އަހުމަދު ފާތިހް

  • 8-

    ދުވާފަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު

  • 9-

    ތުޅާދޫ ދާއިރާ: މުހައްމަދު ޝަފީގް

  • 10-

    ހިންނަވަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

  • 11-

    މާފުށި ދާއިރާ: މުހައްމަދު ލުތުފީ

  • 12-

    ތުލުސްދޫ ދާއިރާ: ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

  • 13-

    މާމިގިލި ދާއިރާ: އަލީ ރަމީޒް

  • 14-

    ދިއްގަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިކްރާމް ހަސަން

  • 15-

    މީދޫ ދާއިރާ: އިޔާސް އިސްމާއިލް ލަތީފް

  • 16-

    ގުރައިދޫ ދާއިރާ: ހަސަން ޝިނާން

  • 17-

    ފޮނަދޫ ދާއިރާ: ހުސައިން އަބޫބަކުރު

  • 18-

    ދާންދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

  • 19-

    ގެމަނަފުށި ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު

  • 20-

    ކޮލަމާފުށި ދާއިރާ: ސައްޔާހް ހަލީލް

  • 21-

    ތިނަދޫ އުތުރު ދާއިރާ: އަހްމަދު ގައިސް

  • 22-

    ފަރެސްމާތޮޑާ ދާއިރާ: އަހްމަދު ޒައީމް

  • 23-

    ގައްދޫ ދާއިރާ: އަހްމަދު ސައީދު މުހައްމަދު

  • 24-

    ފުވައްމުލަކު މެދު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

  • 25-

    ހިތަދޫ އުތުރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް

  • 26-

    ހިތަދޫ ދެކުނު ދާއިރާ: މިހާރު ވެސް މެންބަރު އިބްރާހިމް ނާޒިލް

  • 27-

    މެދު ހެންވޭރު ދާއިރާ: އިބްރާހިމް އަލީ ޖަލީލް

  • 28-

    ހެންވޭރު ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހުސައިން ޝަމީމް

  • 29-

    ގަލޮޅު އުތުރު ދާއިރާ: މުހައްމަދު އިބްރާހިމް

  • 30-

    ގަލޮޅު ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް

  • 31-

    މައްޗަންގޯޅި އުތުރު ދާއިރާ: ލިރުގާމް ވަހީދު

  • 32-

    މައްޗަންގޯޅި ދެކުނު ދާއިރާ: ކުރީގެ މެންބަރު އަބްދުﷲ ސިނާން

  • 33-

    މާފަންނު ހުޅަނގު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް

  • 34-

    މާފަންނު މެދު ދާއިރާ: އަހުމަދު އާމިރު

  • 35-

    މާފަންނު ދެކުނު ދާއިރާ: ހަސަން އިއާދު ސަލީމް

  • 36-

    މައްޗަންގޯޅި މެދު ދާއިރާ: ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ފާހަގަކޮށްލެވޭ - އެމްޑީޕީން ބުނި ގޮތުގައި އެއް ކެންޑިޑޭޓަަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތިން ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ އެވެ.

ބެލެވޭ ގޮތުގައި އެ ދާއިރާތަކުގައި ބާއްވާނީ ޕްރައިމަރީ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް