ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ފާހަގަކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އިސް ނަގައިގެން 1 މޭ 2022 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދޭ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް މީހަކު އައްޔަންކުރާނީ ރައީސް މުއިއްޒު

މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް އެކުލަވާލާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގެ ފަރާތުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާ އެއްގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 18ގަ އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ:

  • ގާނޫނުއަސާސީގެ ދަށުން ލިބޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުން 

  • ޓްރޭޑް ޔޫނިއަންތަކުގެ ގާނޫނީ އިހުތިސާސް ކަނޑައެޅުން

  • މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން

ތަފްސީލް - މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް މީހަކު އައްޔަންކުރާނީ ރައީސް މުއިއްޒު އެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގަ އާއި ގާނޫނާ ހިލާފުވާ ޔޫނިއަންތަކާ މެދު ފިޔަވަޅު އެޅުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާ އޮފް ޔޫނިއަންސް އެވެ.

މި ބިލުގައި ވާގޮތުން:

  • މި ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ، ތިން މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން

  • ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހޭނެ

  • ތިން މަސްދުވަހުގެ ތެރޭގައި އަށް މެންބަރުންގެ މައްޗަށް އެކުލެވޭ 'ޓްރައިޕަޓައިޓް އެޑްވައިޒަރީ ބޯޑު'ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ މި މުއްދަތުގެ ތެރޭގައި 'އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން'ގެ ވަކި ޑިވިޝަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފައްދަން ޖެހޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް