27 ޖޫން 2022، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުން އަލީ ޝުޖާއު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުން

ގޭންގުތަކުގައި އުޅޭ ކުދިން ފުލުހުން ނަގައި އިސްލާހީ ޕްރޮގްރާމެއް ހިންގާނަން: ޝުޖާއު

ޝުޖާއު ވިދާޅުވީ ގްރޫޕުތަކުން ރެކްރޫޓުކޮށް ގޭންގުތަކަށް 18 އަހަރުން ދަށުގެ ކުދިން ވައްދާކަމުގެ މައުލޫމާތު ފުލުހުންނަށް އަބަދު ވެސް ލިބޭ ކަމަށާއި އެކަން ހުއްޓުވަން ފިޔަވަޅު އަޅުއްވާނޭ ކަމަށް

ކުށްކުރާ ގޭންގުތަކުގައި ހަރަކާތްތެރިވާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާނޭ ކަމަށް އާ ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝުޖާއު މިހެން ވިދާޅުވީ ސީޕީ ކަމާ ހަވާލުވުމަށް ފަހު އޭނާ މިއަދު ނޫސްވެރިންނަށް ދެއްވި ފުރަތަމަ ސްޓޭޓްމަންޓުގަ އެވެ. ސުވާލު ނުކުރެވޭ ގޮތަށް، ހަމައެކަނި ސްޓޭޓްމަންޓެއް ދިނުމަށް ފަހު ނިންމާލި އެ ބައްދަލުވުމުގައި އޭނާ ވަނީ އޭނާގެ ސީޕީކަމުގައި ކުރަން ނިންމާފައި ހުރި ކަންކަމުގެ ތަފްސީލް ވިދާޅުވެ ދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - ޝުޖާއު ވިދާޅުވީ، ގްރޫޕުތަކުން ރެކްރޫޓުކޮށް، ގޭންގުތަކަށް 18 އަހަރުން ދަށުގެ ކުދިން ވައްދާކަމުގެ މައުލޫމާތު ފުލުހުންނަށް އަބަދު ވެސް ލިބޭ ކަމަށެވެ. އަދި އެފަދަ ކުދިން ފާހަގަކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޭދޫފިނޮޅުގައި މީގެ ކުރިން ވެސް އެ ކުދިން ރިހިބިލިޓޭޓް ކުރުމުގެ ޕްރޮގްރާމެއް ހިންގި ކަމަށާއި އެކަން ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމް އަލުން ފެށުުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"މިކަމުގައި އުޅޭ ކުޑަކުދިން ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ނަގައި އެ ޑިޕާޓުމެންޓުގެ ބެލުމުގެ ދަށުން ރިހިބިލިޓޭޓް ކުރުމަށް ދަނީ މަޝްވަރާ ކުރެވެމުން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގޭންގުތައް ހިންގާ ބޮޑުންނާ ހަމައަށް މި ފަސް އަހަރުގެ ތެރޭ ވާސިލްވާނޭ ކަމަށެވެ. އަދި އެ މަގުން ފުލުހުންގެ އޮޕަރޭޝަންތައް ބައްޓަން ކުރައްވާނޭ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް (1)

ސެމްބޭ

31 ޑިސެމްބަރު 2023
އާން މަސްއޮޑި ސުޕޯރޓްސް ގެ ވެރިކަން އެހެން ވީމަ ބޮޑުންނާ ހިސާބަށް ވާސިލު ވެވިފަ ތިބޭނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް