އިސްލާމީ މަރުކަޒުގައި ޓީވީ ބަހައްޓާފައި (ފޮޓޯ: މިނިސްޓަރު ޝަހީމް/ އެކްސް)

ހުތުބާ ކިޔާއިރު މިސްކިތުގައި ތިބޭ މީހުންނަށް ހަތީބު ފެންނާނެ ގޮތް ހެދުމަށް އިސްލާމީ މަރުކަޒުގައި ޓީވީ ބަހައްޓައިފި

މިނިސްޓަރު ވިދާޅުވީ އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ތަސުއްވުރުގައި ހިމެނޭ ކަމެއް ކަމަށް

އިސްލާމީ މަރުކަޒަށް ހުކުރަށްދާ މީހުންނަށް ހަތީބު ހުތުބާ ދެއްވާ މަންޒަރު ފެންނާނެހެން އެ މިސްކިތުގެ އެކި ސަރަހައްދުތަކުގައި ޓީވީ ބަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނީ، ހުކުރު ހުތުބާ ދޭއިރު، މިސްކިތުގައި ތިބޭ މީހުންނަށް، ހުތުބާ ދެއްވާ ހަތީބު ފެންނާނެހެން އެކި ސަރަހައްދުތަކުގައި ޓީވީ ބަހައްޓައި މިއަދު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ އެކި ސަރަހައްދުތަކުގައި ޓީވީ ބަހައްޓާފައި (ފޮޓޯ/ މިނިސްޓަރު ޝަހީމް،އެކްސް)

ތަފްސީލް - އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ތަސުއްވުރުގައި ހިމެނޭ ކަމެއް ކަމަށެވެ.

"އިސްލާކް މިނިސްޓްރީ އިން މަސައްކަތްކުރާނީ އެ ތަސުއްވުރު ހަގީގަތަކަށް ހެދުމަށް." މިނިސްޓަރު 'އެކްސް'ގައި ވިދާޅުވި އެވެ.

އަމާޒަކީ ހުރިހާ ބޮޑެތި މިސްކިތްތަކުގައި މިގޮތަށް އިންތިޒާމުކުރުން ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ދިރާގުގެ އެހީތެރިކަމާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް