އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)
މި ސަރުކާރުން ވެސް ގަސް ކަނޑައިގެން އަމީނީ މަގު ހަދާތީ ފާޑުކިޔަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގަސް ކަނޑައިގެން އަމީނީ މަގުގެ މަސައްކަތް ކުރުމުން އިދިކޮޅުގައި ތިބެގެން އެ ކަމާ ދެކޮޅު ހެދުމަށް ފަހު، މި ސަރުކާރުން ވެސް އަމީނީ މަގުގެ މަސައްކަތަށް ގަސްތައް ކަނޑަމުން ދާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލޭގެ މޭޔަރު ކަމުގައި ކުރިން ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އަމީނީ މަގުގެ 13 ސެގްމެންޓުގެ ތެރެއިން 11 ސެގްމެންޓުގެ މަސައްކަތް ވަނީ ނިމިފަ އެވެ. ބާކީ ނުނިމި، ދިގުލައިގެން ގޮސްފައިވާ ދެ ސެގްމެންޓުގެ މަސައްކަތް ފެށީ އިއްޔެ އެވެ.
އެ މަސައްކަތުގެ ދަށުން، މާފަންނު ރޭޑިއޯ ބިލްޑިން ހުންނަ ކަނބާއައިސާރަނި ހިނގުމާ ގުޅުނު ހިސާބުން ފެށިގެން އައިޖީއެމްއެޗު ބޭރު މަގާ ހިސާބަށް އޮތް ސަރަހައްދުގައި ހުރި ގަސްތައް ދަނީ ކަނޑަމުންނެވެ.
އެއާ އެކު، ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން މިދިޔަ އޭޕްރިލް މަހު 'އެކްސް'ގައި ކުރައްވާފައިވާ ޕޯސްޓަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.
"މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން. އަމީނީ މަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް،" އެ ޕޯސްޓުގައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން. އަމީނީ މަގު ގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް. pic.twitter.com/tgRBmmn9Ps
— Dr Mohamed Muizzu (@MMuizzu) April 11, 2023
މާލެ ސިޓީ ކައުންސިލުގައި އޭރު މަސައްކަތް ކުރަމުން އައި ބައެއް މުވައްޒަފުން ވެސް ވަނީ އެ ވާހަކައަށް ތާއީދު ކުރައްވައި ގަސް ކެނޑުމާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އޭގެ ބައެއް ބޭފުޅުން މިހާރު ތިއްބެވީ ސަރުކާރުގެ މަތީ މަގާމުތަކުގަ އެވެ.
ބުނީ ކީކޭ؟ - "މިއަދު ގަސްތައް ކަނޑާއިރު މި މީހުން ކޮބާ؟ [ކުރީގެ ރައީސް ސޯލިހުގެ] ދައުރުގައި ހީވީ ބަޔަކު ފަޔަށް ހިނި އަރައިގެން އުޅޭހެން،" މީހަކު 'އެކްސް'ގައި ސުވާލު އުފެއްދި އެވެ.
"މި ސަރުކާރުން ނުކަނޑާނެ. ކުރީ ސަރުކާރުން ކަނޑާނީ،" މިއީ އެކަކަށް ވުރެ ގިނަ މީހުން ތަކުރާރުކޮށްފައިވާ މަލާމާތުގެ ބަސްކޮޅެކެވެ.
އެ ދުވަހު ފޮޓޯ ނަގާފައި ގަސް ކަނޑަމުންދާ ވާހަކަ ޕޯސްޓުކޮށްފައި، "މިއަދު މަނިކުފާނުގެ ވެރިކަމެއްގައި ހަމަ އެއްކަލަ އަމީނީ މަގު ހަދަން ވެގެން ގަސް ކަނޑާ އިރު އެއްވެސް މައްސަލައެއް ނެތް" ކަމަށް އެހެން މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
— Shuaib Thuhthu (@thuhthuna) December 10, 2023
މިފެންނަނީ އެހާރާއި މިހާރު!! @MMuizzu @malshasharyf އެދުވަހު ފޮޓޯނަގާފަ ޓްވީޓް ކުރީ @MaleCitymv ކައުންސިލުން މާލެ ފެހިކުރަން ގަސްއިންދާ ވަރަކަށް RDC މީހުން ގަސްތަށް ކަނޑާވާހަކަ.
— ABDULLA - HIYAA 👊 (@HiyaaBodey) December 10, 2023
މިއަދު މަނިކުފާނުގެ ވެރިކަމެއްގަ ހަމަ އެއްކަލަ އަމީނީ މަގު ހަދަން ވެގެން ގަސްކަނޑާއިރު އެއްވެސް… https://t.co/7PnfP95Uvh pic.twitter.com/0qjoKn5fXZ
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވެސް، އަމީނީ މަގުގެ މަސައްކަތަށް މި ސަރުކާރުގައި ވެސް ގަސްކެނޑުމާ ގުޅިގެން ރައީސް މުއިއްޒުއަށް ރައްދުވާ ގޮތަށް ޕޯސްޓެއް ކުރައްވާފައިވެ އެވެ.
"މިނިސްޓްރީ ވެސް، އާރުޑީސީ ވެސް މިހާރު އޮތީ މަނިކުފާނުގެ ބެލުމުގެ ދަށުގަ އެވެ. މިހާރު ގަސްކެނޑުން އޯކޭވީތޯ އެވެ. އަމީނީ މަގު ޕްރޮޖެކްޓުގައި ކޮރަޕްޝަން ނުހިމެނޭތޯ އެވެ. މަގާ ބެހޭ ގޮތުން ރައްޔިތުންނަށް އޮޅުވާ ނުލައްވާ ނަމަ ކޮރަޕްޝަން ބައްލަވައި އާންމު ކުރައްވާށެވެ،" އޭނާ 'އެކްސް'ގައި ލިޔުއްވި އެވެ.
އާރުޑީސީގެ ބަސް - އާރުޑީސީގެ މީޑިއާ އޮފިސަރު އަހުމަދު ފައިރޫޒް މިއަދު 'ދައުރު'އަށް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ އެންމެ ފުރަތަމަ ވެސް އަމަލު ކުރި އުސޫލުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ކަނޑަމުން ދަނީ މަގު ހެދުމުގެ މަސައްކަތަށް ކޮންމެހެން ނަގަން ޖެހޭ ގަސްތައް
-
ކަނޑާ ކޮންމެ ގަހަކަށް އެ ތަނުގައި އެހެން ގަހެއް އިންދާނެ އަދި ކަނޑާ ގަސްތައް އެހެން ރަށެއްގައި ނުވަތަ މާލޭގެ އެހެން ސަރަހައްދެއްގައި އިންދާނެ
Masakkai kuri ah dhaanee kurin ves plan kurevi ekan kuramun ai gothah. Kiriyaa ves gaheh nunegen oi nama e gothah. Nagan jehey gaheh viyya ehen thanehga indhumuge masakkai kuraane. Badhalu ga gaheh indhaane. (Mee masha dhonbe aa egey kameh) https://t.co/1CJUH2Cx1l
— Ahmed Fairooz (@Ahmed_Fairoox) December 9, 2023
އަމީނީ މަގު ހެދުމުގެ މަޝްރޫއޫ:
-
މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށް
-
210 ދުވަހުގެ ތެރޭގައި ނިންމަން އޭރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރި މަސައްކަތް ލަސްވެ، މި އަހަރުގެ ސެޕްޓެމްބަރަށް ވެސް ތާރީހެއް ދިން
-
އެ ތާރީހަށް ވެސް މަސައްކަތް ނުނިމި، ފަހުން ބުނީ އެ މަސައްކަތް އާ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް