މިދިޔަ އަހަރު އޭޑީކޭގެ އެންމެ ރަނގަޅު މުވައްޒަފަށް އެވޯޑު ދެނީ

ެއޭޑީކޭ މުވައްޒަފުންގެ އަގުވަޒަންކޮށްފި

އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑް ސާވިސް ކޯޑިނޭޓަރު ސީމާ މުހައްމަދަށް. އޭނާއަށް 15،000ރ.ގެ ފައިސާގެ އިނާމާއި ކެންޔާގެ ދަތުރެއް

އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުންގެ އަގު ވަޒަންކޮޮށް އެވޯޑު ދީފި އެވެ.

ވީ ކިހިނެއް؟ - ރޭ ބޭއްވި އެ ހޮސްޕިޓަލުގެ 'އެމްޕްލޯއީ ޕާފޯމަންސް އެވޯޑް' ހަފްލާގައި އޭޑީކޭގެ ގާތްގަނޑަކަށް 150 މުވައްޒަފެއްގެ އަގު ވަޒަންކުރި އެވެ.

ތަފްސީލް - އޭޑީކޭގެ މުވައްޒަފުންގެ އެޕްރައިޒަލް ހަދާއިރު ހަ ކެޓަގަރީއަކުން އެސެސްކުރެ އެވެ.

އެ މުވައްޒަފުންގެ އެޕްރައިޒަލް ހެދުމަށް ފަހު ދޭ އެވޯޑު ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންނަށާއި ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް އެވޯޑު ދެ އެވެ.

އޭގެ ތެރޭގައި؛

  •  އެމްޕްލޯއީ އޮފް ދަ އިޔާ (އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު)؛ މި އެވޯޑު ހޯދީ ކްލިނިކަލް ސަޕޯޓް ސާވިސް ކޯޑިނޭޓަރު ސީމާ މުހައްމަދު އެވެ. އިނާމެއްގެ ގޮތުން އޭނާއަށް 15،000ރ. އާއި ކެންޔާގެ ވައިލްޑް ލައިފް ސަފާރީއަކަށް ޒިޔާރަތް ކުރަން ދެ މީހަކަށް ފަސް ދުވަހުގެ ދަތުރެއް ވެސް ދިން

  • އެޓެންޑެންސް އެންމެ ރަނގަޅު މުވައްޒަފުން

  • ސިލްވާ ޕާފޯމަންސް އެވޯޑް؛ ފަސް މުވައްޒަކަށް މި އެވޯޑް ލިބުނު. އިނާމަކަށް 7،500ރ 

  • ގޯލްޑް ޕާފޯމަންސް އެވޯޑް؛ ފަސް މުވައްޒަފަކަށް މި އެވޯޑް ލިބުނު. ފައިސާގެ އިނާމުގެ އަދަދަކީ 10،000ރ

  • ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުން؛ އޭގެ ތެރޭގައި އެ ހޮސްޕިޓަލަށް 15 އަހަރު، 20 އަހަރު، 25 އަހަރު އަދި 30 އަހަރު ވަންދެން ހިދުމަތްކުރި މުވައްޒަފުން ހިމެނޭ

ބުނީ ކީކޭ؟ - ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 877 މުވައްޒަފުންނަކީ އެންމެ ބޮޑު ރައުސްމާލު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޓެންޑެންސް %100 ހޯދާ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް އިތުރު ފަސް ދުވަސް އަހަރީ ޗުއްޓީއަށް އިތުރުކޮށްދޭން މެނޭޖުމެންޓުން ވަނީ ނިންމައިފަ އެވެ.

އޭޑީކޭއިން މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް އެވޯޑު ދެމުން އަންނަތާ 11 އަހަރު ވެއްޖެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް