އެމްޑީއޭ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމުމަށް ފަހު އިސް ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ޕީޕީއެމް/ޕީއެންސީ މަަޖިލިސް ޕްރައިމަރީގައި އެމްޑީއޭން ކުރިމަތިލާނެ މީހުން ހޯދަން އިއުލާންކޮށްފި

ޕްރޮގްރެސިވް ކޯލިޝަނުގެ ޕްރައިމަރީގައި ޕީޕީއެމް،ޕީއެންސީ އާއެކު ދެން ވާދަކުރެވޭ ގޮތަށް ހަމަޖައްސާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަނަށް ތާއީދު ކުރި އެމްޑީއޭގެ އިތުރުން އެމްއެންޕީ

ކުރިއަށް އޮތް ރައްޔިތުުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެމްޑީއޭގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ. 

ވީ ކިހިނެއް؟ - އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ދައުވަތު އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން، އެ ޕާޓީގެ ފަރާތުން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ފެށިގެން ނަން ހުށަހަޅަން ހުޅުވާލާ ކަމަށް އިއުލާނުގައިވެ އެވެ.

ތަފްސީލް - އެމްޑީއޭގެ އިއުލާނުގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކަކީ:

  • މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން 

  • ޕާޓީގެ ފަރާތުން އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭގޮތަށް ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން

ފާހަގަކޮށްލެވޭ - މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ޕްރަައިމަރީގައި އެމްޑީއޭގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފޯމް ހުށަހަޅަން ދީފައިވާ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ކުރިންނެވެ.

އެނގުން މުހިންމު - ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ އުސޫލުގައި ބުނާގޮތުން  ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމުގެ އިހުތިޔާރު ވެސް ލީޑަޝިޕަށް ލިބިގެންވެ އެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި: 

  • މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމުގެ އެންމެ އިސް ފަރާތަކީ އެ ދެ ޕާޓީގެ ލީޑާޝިޕް

  • ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއެއް ބާވަން ޖެހޭ ހާލަތުގައި ޕްރައިމަރީއާ ގުޅޭ އެންމެހާ ކަންކަން އިންތިޒާމް ކުރާ ކޮމިޓީތައް ލީޑަޝިޕުން އެކުލަވާލަން ޖެހޭ

ފާހަގަ ކުރެވޭ ކަމެއް - ޕްރޮގްރެސިވް ކޯލިޝަނުގެ ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީ އާއެކު ދެން ވާދަކުރެވޭ ގޮތަށް ހަމަޖައްސާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަނަށް ތާއީދު ކުރި އެމްޑީއޭ އަދި އެމްއެންޕީ އަށެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް