ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ބޭސްފަރުވާއަށް ދާން އަހްމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްފި

42 ދައުވާއެއް އުފުލާފައިވާ އަހްމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްލީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ މައްސަލާގައި ދައުވާކޮށް، ފިލާފާނެ ކަމުގެ ބިރު އޮތުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ، މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާން އެދުމުން އޭނާގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްފި އެވެ. 

ވީ ކިހިނެއް؟ - ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖެއިން ފިލި އަހުމަދު މޫސާ ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ގޭބަންދަށް ޝަރުތުތަކާ އެކު ދޫކޮށްލީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެގޮތުން:

  • 16 ޖޫން 2021 އިން ފެށިގެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި 

  • 42 ދައުވާއެއް އުފުލާފައިވާ އަހްމަދު މޫސާގެ ޕާސްޕޯޓު މިއަދު ވަނީ، މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި

ތަފްސީލް - ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ:

  • ޕާސްޕޯޓު ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލުކޮށްދިނުމަށް އެދި އަހްމަދު މޫސާގެ ފަރާތުން ހުށަހަޅާފައިވޭ

  • ސިއްހީ ލިޔެކިޔުންތަކަށް ބަލާއިރު، އަހްމަދު މޫސާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވޭ

  • މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އާއި އަހްމަދު މޫސާގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވޭ 

ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލީ، އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި އަހްމަދު މޫސާގެ މައްޗަށް އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އޭނާ ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ ކަމަށް ބުނެ އެވެ.

"ކުރީގެ ހާލަތު ބަދަލުވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މި ކޯޓުން ނެރެފައިވާ 'ފުރުން މަނާކުރުމުގެ އަމުރު' ބާތިލު ކުރުމުގެ ބަދަލުގައި، އެ އަމުރު ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނާތީ، [ވަގުތީ ގޮތުން ޕާސްޕޯޓު ދޫކޮށްލުމަށް] ނިންމައިފީމެވެ،" ކްރިމިނަލް ކޯޓުގެ މެސެޖުގައިވެ އެވެ.

އެނގުން މުހިންމު - އަހްމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އަދި މަޝްރޫއު ކުރިއަށް ނުދާ މައްސަލަ ތަހުގީގު ކުރަން ފެށުމުން ލަންކާއަށް ގޮސް، އޭނާ ފިލާފައިވާތީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބަހައްޓާފައިވެ އެވެ. 

މި މައްސަލައިގައި:

  • ކޮންމެ މީހެއްގެ އަތުން އަހުމަދު މޫސާ 50،000ރ. ނެގި ކަމަށް ބުނޭ

  • އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް، އޭނާ ހައްޔަރުކުރީ ފެބްރުއަރީ 2021ގައި؛ އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުމުން ވެސް އޭނާ ފިލާފައިވޭ

  • ހިޔާނާތުގެ 42 ދައުވާއެއް އަހްމަދު މޫސާގެ މައްޗަށް އުފުލީ މޭ 2021ގައި

ކޮމެންޓް (3)

ދެރަ

7 ޑިސެމްބަރު 2023
ކީއްވެގެންތޯ މިސޮރަށް މިވަރައް އަނިއާމިދެނީ. ކޮބައިތޯ އަދީބު، ޒިޔަތު، މަހުލޫފު، ވެންޓިލޭޓާރ ކުދިން ، މޫކޭ ގުރޫޕް، މަވޯޓާ މިހެންގޮސް ލައްކަމީހުންގެ ލިސްޓެއް ލިޔެވިދާނެ
0 0

މަންޑޭ

7 ޑިސެމްބަރު 2023
ކުރީގައި ފިލައިގެންއުޅުނު މީހަކު ބެލެވޭނީ ފްލައިޓް ރިސްކެއްގެ ގޮތުގައި، މިގައުމަކީ ގާނޫނުހިގާ ގައުމެއްކަން ކަށަވަރުކޮށް ދެއްވާ!
0 0

ހަސަނާާ

7 ޑިސެމްބަރު 2023
Mieeves Monday eh mikaleyge miulhenee filaigen dhaan. Meege kurinves lankaga filiaigen ulhunu. Anekkaa filaigen dhaan dhookohnulaa!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް