ހޯރަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމް ސައްލެ) ޖިލިސް ޖަލްސާއެްގައި ވާހަކަ ދައްކަވަނީ. ފޮޓޯ | މަޖިލިސް
މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ވާދަކުރާނެ މެންބަރަކަށް ސަލީމް
މިހާރު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނޭ މެންބަރަށް ހޮވުމަށް މިއަދު ނެގި ވޯޓް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކާމިޔާބު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާނޭ ފަރާތެއް ހޮވުމަށް މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުން އެ މަގާމަށް ވާދަކުރަން ސަލީމްގެ ނަން ހުށަހަޅަން ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 26 މެންބަރުން ވަނީ ތާއީދުކުރައްވައިފަ އެވެ. އޭނާއާ ދެން ވާދަކުރެއްވި ބޭފުޅުންނަށް ލިބިފައިވާ ވޯޓުގެ ނަމްބަރަކީ:
-
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް - 23
-
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - 4
އެނގުން މުހިންމު - ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ބާއްވާ ޖަލްސާ މިރޭ 8:30ގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ މައްޗަށް އެމްޑީޕީއިން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ވިދިގެން އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.