ރައީސް މުހައްމަދު މުއިއްޒު ކޮޕް28 ސަމިޓުގައި މިއަދު ތަގުރީރުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

މޫސުމީ ގޮންޖެހުންތަކުގެ ވާހަކަ ތަކުރާރުކުރާތާ އެތައް އަހަރެއް ވެއްޖެ، ހައްލެއް ނާދޭ: ރައީސް

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ދިވެހިންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރަން ވައުދުވަމުން ކަމަށާއި، ރާއްޖޭގެ ކަނޑުގައި އުޅޭ ކޮންމެ މަހެއް، ކޮންމެ މުރަކައެއް އަދި ރާއްޖޭގެ ގޮނޑުދޮށްތަކުގައިވާ ކޮންމެ ވެލިފުކަކީ ވެސް ގައުމަށް މުހިއްމު އެއްޗެއް ކަމަށް ރައީސް ވިދާޅުވި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ބޭނުންވާ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެފައިވާ އިރު އަދިވެސް އެކަމަށް އެންމެ އެދެވޭ ހައްލެއް ނާންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދުބާއީގައި މިހާރު ކުރިއަށްދާ ތިމާވެއްޓާ ބެހޭ ކޮންފަރެންސް، ކޮޕް28 ގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ބައްދަލުވުމުން ރާއްޖެއިން ނެރެން ބޭނުންވާ ދެ ނަތީޖާއެއް ފާހަގަ ކުރައްވައިފަ އެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ޕެރިސް އެގްރިމެންޓުގައި އެއްބަސްވެފައިވާ ގޮތަށް، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ. އެކަން ކުރަންޖެހޭނީ ހަމަހަމަކޮށް، ސައިންސްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ފިޔަވަޅުތައް އަޅާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އަޅަން ނިންމާ ފިޔަވަޅުތަކަކީ ހަރުދަނާ، ނަތީޖާ ނުކުންނަ ފިޔަވަޅުތަކަކަށް ހަދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ މޫސުމީ ގެއްލުމަށް ދޭ ބަދަލުގެ ފަރަގު ނައްތާލުމެވެ.

"މި ވާހަކަތައް ތަކުރާރު ކުރާތާ އެތައް އަހަރެއް ވެއްޖެ. އަދިވެސް އަޅުގަނޑުމެން މިތިބީ މި ކަންތައް ހާސިލް ކުރެވުމާ ވަރަށް ދުރުގައި،" ރައީސް ވިދާޅުވި އެވެ.

ގްލޯބަލް ފައިނޭންޝަލް އާކިޓެކްޗާ ނިޒާމު އޯވާހޯލް ކުރަން ޖެހޭ ކަމަށާއި، މޫސުމީ ބަދަލުތަކުގެ އަސަރުތައް ހަލުވިމިނުގައި ގައުމުތަކަށް ކުރަމުންދާއިރު ބަލަހައްޓައިގެން ތިބެން ވަގުތު ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މޫސުމީ ގެއްލުމަށް ބަދަލު ދޭ 'ލޮސް އެންޑް ޑެމޭޖު' ފަންޑު ހިންގައިގަތުމަށް އެއްބަސްވެފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވި އެވެ.

މި ފަންޑުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަމު. އަދި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މި ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ކަމަށް ވެސް އުންމީދުކުރަމު،" މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ބަދަލު ދިނުން ހަރުދަނާ ކުރަން ގޮވާލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު، ދުބާއީގައި ހިނގަމުންދާ ކޮޕް28 ސަމިޓުގައި މިއަދު ތަގުރީރުކުރެއްވުމަށް ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ދިވެހިންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރަން ވައުދުވަމުން ކަމަށާއި، ރާއްޖޭގެ ކަނޑުގައި އުޅޭ ކޮންމެ މަހެއް، ކޮންމެ މުރަކައެއް އަދި ރާއްޖޭގެ ގޮނޑުދޮށްތަކުގައިވާ ކޮންމެ ވެލިފުކަކީ ވެސް ގައުމަށް މުހިއްމު އެއްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއިން ކޮންމެ އެއްޗަކަށް ލިބޭ ގެއްލުމަކީ އަޅުގަނޑުމެންނަށް ލިިބޭ ގެއްލުމެއް. ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މިތަކެތި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެށި ސަމާލަތްކުރަން ޖެހޭ ކަމާއި އެކަން ކުރެވޭނީ މޫސުމީ ބަދަލުތަކަށް ސަމާލުވެގެންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭ ރާއްޖޭގައި އުފައްދާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ނިންމާފައިވާކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަމަށްޓަކައި 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެ، އެކަން ހާސިލް ކުރުމަށް ބޭނުންވާ އެހީތެރިކަމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް