އިނގިރޭސި ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުއިއްޒު އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައިފި

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން ބަދަލިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި

ރައީސް މުހައްމަދު މުއިއްޒު އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ދުބާއީގައި ކުރިއަށްދާ ކޮޕް28ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނާ ރައީސް މުއިއްޒު ބައްދަލުކުރެއްވީ މިއަދު އެވެ.

ތަފްސީލް - އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް ވަނީ އިނގިރޭސި ރަސްގެފާނަށް އަރުވައިފަ އެވެ.

ރަސްގެފާނު ޗާލްސް ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

އަހުމދު

2 ޑިސެމްބަރު 2023
ބަޔަކަށް މަޝްވަރާކުރެވޭނީ ތިޔަވަރަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް