ހުޅުމާލޭ ހުޅަނގުފަރާތުގައި އޮންނަ މަސްވެރިން ބޭނުންކުރާ ބީޗަށް ކުނި ލައްގައި ޕްލާސްޓިކް ފުޅިން ފުރިފައި. އ1 ލީޓަރަށް ވުރެ ކުދި ފުޅި ބޭނުން ކުރުން މަނާ ކުރުން ވަނީ ފަސްކޮށްފައި(ފޮޓޯ/އިބްރާހީމް ޝުޖާއު)

ޕްލާސްޓިކް

1 ލީޓަރުގެ ޕްލާސްޓިކް ފެން ފުޅި މަނާވާ ތާރީހު އަންނަ އޮގަސްޓަށް ފަސްކޮށްފި

މީގެ ކުރިން ކަނޑައަޅާފައި އޮތީ މިއަދުން ފެށިގެން 1 ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާ ކުރުމަށް

އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާ ތާރީހު އަންނަ 1 އޮގަސްޓަށް ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ރޭ ނެރުއްވި ގަރާރަކުން މި ތާރީހު ފަސްކޮށްފައި ވާއިރު، މީގެ ކުރިން ކަނޑައަޅާފައި އޮތީ މިއަދުން ފެށިގެން 1 ލީޓަރާއި އެއަށް ވުރެ ކުދި ފެން ފުޅި މަނާ ކުރުމަށެވެ.

ތަފްސީލް - އެ ތާރީހު އަންނަ އޮގަސްޓަށް ލަސްކުރީ، މިއަދުން ފެށިގެން އެ ބަދަލު ގެންނަ ނަމަ ރައްޔިތުންނަށް ތަކުލީފުތަކާ ކުރިމަވާނެ ކަމަށް ބެލެވޭތީ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެނގުން މުހިއްމު - އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަނާކުރަން ކަނޑައަޅާފައިވަނީ އޭގެ ބަދަލުގައި ބޭނުންކުރާނެ، ތިމާވެއްޓާ ރައްޓެހި ބާޒާރުގައި ލިބެން ހުރި މިންވަރަށް ބެލުމަށް ފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

  • 1 ލީޓަރާއި އެއަށް ވުރެ ކުދި ފެން ފުޅި މި މަހުން ފެށިގެން މަނާކުރަން ނިންމީ ރަށްރަށުގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮޖެކްޓު މި އަހަރު ނިމޭނެ ކަމަށް ބަލައިގެން

  • މި ތަކެތި މަނާވާ ތާރީހު ފަސްކުރި ނަމަވެސް، ޒިންމާދާރުކަމާ އެކު އެ ތަކެތި ބޭނުން ކުރަން ވަނީ އިލްތިމާސްކޮށްފައި

ގުޅުން ހުރި ކަމެއް - މީގެ ކުރިން ވަނީ އިތުރު 12 ބާވަތެއްގެ ޕްލާސްޓިކް މަނާކޮށްފަ އެވެ. އޭގެ ތެރޭގައި 500އެމްއެލް ޕްލާސްޓިކް ފުޅި ހިމެނޭއިރު، އެ ތަކެތި މަނާކުރީ ފިޔަވަހިތަކަކަށް ބަހާލައިގެން އެކި ތާރީހުތަކުގަ އެވެ.

ކޮމެންޓް (1)

ޝައުނާ

1 ޑިސެމްބަރު 2023
މިއީ ގުދުރަތީވެށި ހިމާޔަތް ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެއް. ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގަބޫލުކުރެވޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް