ޒަމްޒަމް ފާރިޝް (ފޮޓޯ/ފޭސްބުކް)

ަޒަމްޒަމް ފާރިޝް ދަރިވަރުންނަށް ޖިންސީ ފުރައްސާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މައްސަލައިގެ ބަޔާންތައް ނަގަމުންދާއިރު ޒަމްޒަމް ފާރިޝް އަށް ތުހުމަތުކޮށް ދަރިވަރުން ވަނީ ގިނަ ވާހަކަތައް ދައްކާފައި، މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހު

އަރަބިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒަމްޒަމް ފާރިޝްގެ މައްޗަށް ތުހުމަތު ކުރެވޭ ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާއަށް ވެސް އެ މައްސަލަ ވަނީީ ހުށަހަޅައިފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނީ 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ބަޔާންތައް ނަގަމުންދާއިރު ޒަމްޒަމް ފާރިޝްއަށް ތުހުމަތުކޮށް ދަރިވަރުން ވަނީ ގިނަ ވާހަކަތައް ދައްކައިފަ އެވެ. އެގޮތުން ޖިންސީ ފުރައްސާރައަށް ވާ ގޮތަށް ވާހަކަ ދެއްކުން ފަދަ ކަންތައް އޭނާ ކޮށްފައިވާ ކަމަށްވެ އެވެ.

އެ ކަން ސްކޫލުގެ ޓީޗަރުންނާއި ކައުންސިލަރުންގެ ސަމާލުކަމަށް ވެސް ވަނީ އައިސްފަ އެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭގެ ފަހުންނެވެ.

އޭނާގެ ފުރައްސާރަ އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.

އެނގުން މުހިއްމު - މީގެ ކުރިން ޓީޗަރުންގެ އަހުލާގީ މިންގަނޑާ ހިލާފުވެ، އިންޑިއާ އައުޓް ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޓުވިޓާގައި ލިޔެފައިވާތީ އޭނާ ވަނީ ވަޒީފާ އިން ސަސްޕެންޑު ވެސް ކޮށްފަ އެވެ.

ކޮމެންޓް (1)

ޞައްދާމު

1 ޑިސެމްބަރު 2023
އަންހެން ކުދިންގެ އިތުރުން ފިރިހެން ކުދިންނަށްވެސް ގޯނާ ކޮށްފައި ވާކަމަށް
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް