މަކަރާއި ހީލަތުން އޮޅުވާލައިގެން ކޭ-ޕާކް ފްލެޓްތައް ވިއްކި މައްސަލާގައި ފުލުހުން، ހުޅުމާލޭގައި ހުންނަ އެފްޑަބްލިޔު ރެޒިޑެންސްގައި މަމްދޫހު ދިރިއުޅެމުން އައި އެޕާޓްމަންޓް ބަލައި ފާސް ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މަމްދޫހުގެ 8 މިލިއަންގެ އެޕާޓްމަންޓުން 7 މިލިއަންގެ އަގުބޮޑު އަތްދަބަހާއި ގަހަނާ އާއި ސެންޓު ފެނުނު

ޕެންޓްހައުސް އެއް އަހަރުގެ މުއްދަތަކަށް ހިފަހައްޓާފައި ވާއިރު، އެ ތަނުން ހޯދި ތަކެތީގެ އަގު ދައުލަތުގެ ބައެއް އިދާރާތަކުގެ އެއް އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ކަމަށް ޝަމީމް ވިދާޅުވި
30 ނޮވެމްބަރު 2023
3

ހުޅުމާލޭގައި ކޭ-ޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިފެހެއްޓި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އުޅުނީ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސްއެއްގައި ކަމަށާއި އެ ތަނުން 7 މިލިއަން ރުފިޔާގެ އަގުބޮޑު މުދާ ތަހުގީގަށް ހޯދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ މަމްދޫހުގެ ނަމުގައި ހުރި ޕެންޓްހައުސްއެއް އެއް އަހަރުގެ މުއްދަތަށް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - ތަހުގީގުގައި އެ ތަނުން ހޯދި ތަކެތީގެ ތަފްސީލު ދެއްވަމުން ޝަމީމް ވިދާޅުވިގޮތުގައި:

  • 200 ސެންޓު ފުޅި ފެނުނު

  • 40،000 - 50،000ރ.ގެ އަގުހުރި އަތްދަބަސްތަކެއް ފެނުުނު

  • 10،000 - 25،000 ޑޮލަރުގެ އަގުބޮޑު ގަހަނާތަކެއް ހޯދުނު

  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.
  • މަމްދޫހުގެ އެޕާޓްމެންޓުން ފެނުނު ތަކެތި.

"އެހެން ގޮތަކަށް ދަންނަވާ ނަމަ، އެ ތަނުގައި ހުރި މުދަލުގެ އަގު ދައުލަތުގެ ބައެއް އިދާރާތަކުގެ އެއް އަހަރުގެ ބަޖެޓަށް ވުރެ ބޮޑު،" ޝަމީމް ވިދާޅުވި އެވެ.

"އެކި މީހުން އަތުން ފައިސާ ނަގާފައި މިކަންކަމަށް ބޭނުންކުރި ކަމަށް އަޅުގަނޑުމެން ތުހުމަތު ކުރަނީ."

ގުޅުންހުރި - ހިފަހައްޓާފައިވާ ޕެންޓްހައުސްގެ އަގަކީ، ޝަމީމް ވިދާޅުވި ގޮތުގައި، 7.8 މިލިއަން ރުފިޔާ އެވެ. އެ ތަން ގަނެފައިވަނީ ކޭ-ޕާކުގެ ދެ ފްލެޓެއް ހަތަރު މީހަކަށް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

  • މަމްދޫހު ދިރިއުޅުނު ޕެންޓްހައުސް.
  • މަމްދޫހު ދިރިއުޅުނު ޕެންޓްހައުސް.
  • މަމްދޫހު ދިރިއުޅުނު ޕެންޓްހައުސް.
  • މަމްދޫހު ދިރިއުޅުނު ޕެންޓްހައުސް.
  • މަމްދޫހު ދިރިއުޅުނު ޕެންޓްހައުސް.
  • މަމްދޫހު ދިރިއުޅުނު ޕެންޓްހައުސް.

ފަސްމަންޒަރު - ހުޅުމާލޭގައި ކޭ-ޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. އެ ކުންފުނިން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހަށް މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެގޮތުން:

  • ހަންބޯ މޯލްޑިވްސް އިން ތުހުމަތުކުރި ގޮތުގައި، މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި

  • މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ކަމަށް ހަންބޯ އިން ބުނި

މަމްދޫހު ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރަނިކޮށް، މި މައްސަލައިގައި މިދިޔަ 5 ޖުލައިގައި ހައްޔަރުކުރި އެވެ. ނަމަވެސް، އެ މަހުގެ 30ގައި ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު، އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

މަމްދޫހު: މަކަރާ ހީލަތުން ކޭޕާކްގެ ފްލެޓްތައް ވިއްކި މައްސަލަ ވަނީ ފެންމަތިވެފައި

މި މައްސަލާގައި ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލުމަށް މަމްދޫހު މަސައްކަތް ކުރަމުންދާ ކަމަށް ހަންބޯ ކުންފުނިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތައް ހިފެހެއްޓީ 19 ނޮވެމްބަރުގަ އެވެ.

ކޮމެންޓް (3)

މާގަސް

30 ނޮވެމްބަރު 2023
ޔާގީން ތީނަ ތިތާ ހުރި މާތަކާ ވާސްތައް ގަނެފަ ތިހުރީ މާރވީޑެކޯރ ފިހާރައިން. މަ ދުށިން އެތަނުން ތިޔަކަހަލަ މަލާ ވާސް. ދެން ހުރި ދަބަސްތައް ހީވަނީ އަލީ އެކްސްޕްރެސްއިން ގަނެފަހެން. ލޮލް
2 0

ތެފައާސާ.

30 ނޮވެމްބަރު 2023
މާންޑޭގެ އަންހެނުންނަށް ގަނެދީފައި މިހުރި އެތައްބައިވަރު ސެންޓުފުނި ފެނި އެކަމުގެ ސަބަބުން ދިވެހީ އާދައިގެ ދެމަފިރިންގެ ދޭތެރޭގައި ޖެހިދާނެ މައްސަލަތަކާއި ގެއްލިގެން ހިނގައިދާނެ މަސްލަހަތުތަކަށް ބަލައި، މާންޑޭގެ މައްޗަށް "ދިވެހި ކަނބަލުން ސްޕޮއިލް ކުރުމުގެ ދައުވާ" ވަކިދައުވާއެއްގެ ގޮތުގައި ކޮށްދިނުމަށް އޮނަރަބަލް ޕީޖީގެ އަރިއަހުން އަދަބުވެރިކަމާއެކު އެދެމެވެ.
5 0

ތެފައާސާ.

30 ނޮވެމްބަރު 2023
މޮޅު ވާހަކަ ދައްކާފަ 800 އަހަރުގެ ހުކުމް އަންނަވަރުގެ ހެކި އެބަހުއްޓޭ ކިޔާފަ ނިމޭއިރު 10 އަހަރުގެ ހުކުމެއް އަންނަވަރުގެ އިއުތިރާފުގެ އެއްބަސްވުމެއް ހަދާލާފަ އޭގެއިން 6 މަސް ތަންފީޒުކޮށްނިމުނީމާ ހުކުމުގެ ބާކީބައި މާއާފުކޮށްފަ ދޫކޮށްލާ. އަދީބުއަށްވެސް ހެދީ އެހެނެއްނު؟
16 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް