އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއްގައި އީސީގެ ކޮމިޝަނަރުން ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މައްސަލަތައް ހައްލުވެއްޖެ؛ އީސީގެ މެމްބަރުން މިހާރު ތިބީ އެކުގައި: ފުއާދު

މިއީ ފުއާދު މިގޮތަށް ވިދާޅުވާ ދެ ވަނަ ފަހަރު
20 ނޮވެމްބަރު 2023

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރޭގައި މީގެ ހައެއްކަ މަސް ކުރިން ފެށިގެން މި ފަހަކާ ޖެހެންދެން ވެސް އޮތް ހިޔާލު ތަފާތުވުންތައް ހައްލުކޮށް، ފަސް މެމްބަރުން ވެސް މިހާރު ތިއްބެވީ ޓީމެއްގެ ގޮތުގައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ. 

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި މިދިޔަ ޖުލައި މަސް ތެރޭ ކޮމިޝަންގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ފުއާދާއި އެހެން ބައެއް މެންބަރުންނާ ދެމެދު މައްސަލަ ޖެހުނެވެ. އެގޮތުން:

  • ފުއާދު އަވަސް އަރުވާލައިގެން ޑިމޮކްރެޓްސްއަށް ހުއްދަ ދޭން އުޅުއްވި ކަމަށް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ތުހުމަތުކުރެއްވި؛ ނަމަވެސް، ފުއާދު އެކަން ދޮގުކުރައްވާ

  • ފޯމުތަައް އިތުރަށް ނުބަލައި ހުއްދަ ނުދޭން ކޮމިޝަންގެ ދެ މެންބަރުން ދެކޮޅު ހެއްދެވުމުން، އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވި

  • މި ކޯޅުންގަނޑުގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނީ، އެ ހުއްދައަށް ހުށަހެޅިތާ އެއް މަސް ފަހުން

  • މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އުފެދުނު މި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފަހުން އެ ކޮމިޝަނުން ބުނެފައި ވަނީ މެންބަރުންގެ މެދުގައި ޖެހުނު މައްސަލަ ހަލުވެފައިވާ ކަމަށް

ވީ ކިހިނެއް؟ - އެކަމަކު އިއްޔެ 'ދައުރު'އާ ވާހަކަދައްކަވަމުން ފުއާދު ވަނީ އަނެއްކާވެސް އީސީގެ ތިން މެމްބަރަކާ ހިޔާލު ތަފާތުވުން އުފެދި، އޭނާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ދަތިވާތީމ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ތިން މެމްބަރުންނަކީ:

  • ޑރ. މުހައްމަދު ޒާހިރު

  • މުހައްމަދު އާސިފް 

  • އަލީ ނަޝާތު

ބުނީ ކީކޭ؟ - ފުއާދު ދާދި ދެންމެއަކު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އީސީ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް ހައްލުކޮށް، ފަސް ކޮމިޝަނަރުން ވެސް ތިއްބެވީ ޓީމެއްގެ ގޮތުގައި ކަމަަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ގުޅުންހުރި ކަމެއް - އީސީގެ މެންބަރުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ތެރެއިން އޭރު، ގާނޫނީ ބުރަދަނެއް ނެތް ވޯޓެއް ނަގައި ފުއާދު ކޮމިޝަންގެ ރައީސް ކަމުން ވަކިކުރުމަށް ވެސް ނިންމި އެވެ. ނަމަވެސް، ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން، އެއީ އެ ގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް