އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާކުރި މީހުންނާ މިނިސްޓަރު ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ފޮރިން މިނިސްޓަރު ވެސް އިހުތިޖާޖުގައި ބައިވެރިވެ، އިޒްރޭލުގެ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައިފި

މިނިސްޓަރު އިހުތިޖާޖުގައި ބައިވެރިވެވަޑައިގަތީ މުޒާހަރާގެ ބައިވެރިން މިނިސްޓްރީ ކުރިމައްޗަށް އެއްވުމުން
20 ނޮވެމްބަރު 2023
1

އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް، އެ ގައުމުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ މިއަދު ކުރި އިހުތިޖާޖުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެން، ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލަން މުޒާހަރާގެ ބައިވެރިންނާ އެކު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ފެށި އެއްވުމުގައި ޝުއޫރު ފާޅު ކުރަމުން ދިޔަ މީހުން ފޮރިން މިނިސްޓްރީ ދޮށަށް ގޮސް އަޑު އުފުލައި މިނިސްޓަރާ ބައްދަލުކުރަން އެދުމުންނެވެ.

އިހުތިޖާޖުގެ ބައިވެރިންނާ އެކު މިނިސްޓަރު ވެސް ވަނީ "ސީޒްފަޔާ ނައު" ގޮވާލައި ހަމަލާ ބަދަލުކުރުން ވަގުތުން ވަގުތައް ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު މަޖިލީހާއި ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ތަފްސީލް - ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެން ރާއްްޖެއިން އަމަލުކުރަމުންދާ ގޮތުގެ ތަފްސީލް ޒަމީރު ހިއްސާކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ރައީސް މުހައްމަދު މުއިއްޒު ވަނި މިދިޔަ ދުވަސްތަކުގެ ތެރޭގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް ބޭފުޅުންނާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން ވެސް ގިނަ ގައުމުތަކުގެ ސަފީރުންނާއި އެކި ލެވެލްތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައި 

  • ހުރިހާ ބޭފުޅުންގެ އަރިހުގައި ވެސް ރާއްޖެއިން އެދިފައި އޮތީ، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލައި ގާޒާއަށް އެހީ އެތެރެކުރުމުގެ މަގު ހުޅުވާލުމަށް

  • އޭގެ އިތުރުން، 1967ގެ ބޯޑަރުތަކާ އެއްގޮތަށް، އިޒްރޭލާއި ފަލަސްތީނުގެ ބޯޑަރުތައް ކަނޑައެޅުމަށް ވެސް ރާއްޖެއިން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި؛ އެއީ އިޒްރޭލާ އެކު، ފަލަސްތީނުގެ ވެސް ފުރިހަމަ، މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުުކުރާ ހައްލު

އެހެން ވިދާޅުވި ނަމަވެސް، ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދާ ސްޓޭންޑް ބަދަލުކުރުމާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވާފައެއް ނުވެ އެވެ. އޭނާ ތަކުރާރު ކުރެއްވީ، މިވަގުތު ރާއްޖޭން ގެންގުޅޭ ސިޔާސަތަކީ، ޒަމާނުއްސުރެ ގެންގެޅުން އަންނަ، ދެ ދައުލަތުގެ ހައްލު ކަމަށެވެ.

  • އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު މަޖިލީހާއި ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
  • އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު މަޖިލީހާއި ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
  • އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު މަޖިލީހާއި ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ފާހަގަކޮށްލެވޭ - މިދިޔަ މަހުގެ 7ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ގާޒާއާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ އުދުވާނާއި ގުޅިގެން ދިވެހިން ދަނީ އިޒްރޭލު މީހުން ރާއްޖެ އައުން މަނާ ކުރަން ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަޑުއުފުލުމުގެ އިތުރުން މަޖިލިސް ކުރިމަތީގައި ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ދަނީ ބާއްވަމުންނެވެ.

ރައްޔިތުންގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓް މަނާކޮށް، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ލަފާ ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފަ އެވެ. އަދި އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ވަނީ އިއްޔެ ބިލެއް ހުށަހަޅާފަ އެވެ.

ކޮމެންޓް (1)

މަގޭ ޒަމީރު ބުނަނީ

21 ނޮވެމްބަރު 2023
މިނިސްޓަރ އަށް މަރުހަބާ އަދީބު މިރާއްޖެއަށް ގެންނާނީ ކޮންދުވަހަކުންތޯ؟
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް