ކެންސަރަށް ސްކްރީނު ކުރުމަށް ނ. އަތޮޅުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން

ކެންސަރު

ބީއެމްއެލް އާއި ކެންސާ ސޮސައިޓީ ގުޅިގެން ނ. އަތޮޅުގައި ކެންސަރަށް ސްކްރީންކޮށްފި

ނ. އަތޮޅުގެ 6 ރަށެއްގައި ކެންސަރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސާ ސޮސައިޓީ ގުޅިގެެން ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ނ. އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 8 އިން 11އަށް ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމުގައި އުރަމަތީގެ ކެންސަރު، އަނގައިގެ ކެންސަރު، ސާވިކަލް ކެންސަރު، ޕްރޮސްޓޭޓު ކެންސަރު އަދި ކޮލޮރެކްޓަލް ކެންސަރަށް ސްކްރީނުކޮށްފައިވެ އެވެ.

ތަފްސީލް- މި ޕްރޮގްރާމުގެ ތެރެއިން ނ. އަތޮޅުގެ ހަ ރަށެއްގައި ކެންސަރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކެންސަރަށް ސްކްރީނު ކުރުމަށް ނ އަތޮޅުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމު
  • ސްކްރީނިން އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވަނީ ޅޮޮހި، ކުޑަފަރީ، މާފަރު، މާޅެންދޫ، ލަންދޫ އަދި ކެނދިކުޅުދޫ ރައްޔިތުންނަށް ހާއްސަކޮށްގެން

  • އެ ސެޝަންތަކުގައި ޖުމްލަ 166 ސްކޫލު ދަރިވަރުން އަދި އާންމުންގެ 216 މީހުން ބައިވެރިވި

ކެންސަރަށް ސްކްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޖުމްލަ 699 މީހަކު ސްކްރީންކޮށްފައިވެ އެވެ. އޭގެ ތެރޭގައު ހިމެނެނީ:

  • އުރަމަތީގެ ކެންސަރު: 199 މީހުން ސްކްރީން ކުރި

  • އަނގައިގެ ކެންސަރު: 280 މީހުން ސްކްރީން ކުރި

  • ސާވިކަލް ކެންސަރުު: 123 މީހުން ސްކްރީން ކުރި

  • ކޮލޮރެކްޓަލް ކެންސަރު: 56 މީހުން ސްކްރީން ކުރި

  • ޕްރޮސްޓޭޓު ކެންސަރު: 41 މީހުން ސްކްރީން ކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް