މާނިއު ހުސެއިން މަގާމުގެ ލިޔުމާ ހަވާލުވެވަޑައިގަންނެވުން (ފޮޓޯ/ރައީސް އޮފީސް)

މާނިއު ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި

ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރި މާނިއު އެ މަގާމަށް އައްޔަންކޮށްފައި ވަނީ 31 ޖުލައި 2019ގައި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުން، އަބްދުލް މާނިއު ހުސެއިން މިއަދު އިސްތިއުފާ ދެއްވައިފި އެެވެ.

ވީ ކިިހިނެއް؟ - ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުގައި އިންނެވި މާނިއުގެ އިސްތިއުފާގެ ސިޓީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ފޮނުއްވާފަ އެވެ. މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވި ކަމަށް ބަޔާންކުރައްވައި ފޮނުއްވާފައިވާ އެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބު ބަޔާންކުރައްވާފައެއް ނުވެ އެވެ.

އެނގުން މުހިންމު - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރި މާނިއު އެ މަގާމަށް އައްޔަންކޮށްފައި ވަނީ 31 ޖުލައި 2019ގަ އެެވެ. 

ޖޭއެސްސީގައި މިހާރު ތިއްބަވަނީ:

  • ފަނޑިޔާރު މުހައްމަދު ނިޔާޒް - ހައި ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު

  • ފަނޑިޔާރު އަލީ ޝަރީފް - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު

  • އާމިނަތު އުންމުކުލްސޫމް - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު

  • މުހައްމަދު ނާސިހް - ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް

  • އިބްރާހީމް ރިފްއަތު - ބަންޑާރަ ނައިބު

އިތުރު އާޓިކަލް

އިތުރު އާޓިކަލް