ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ހަވާލުކުރަނީ (ފޮޓޯ/ޕީއެންސީ)

ޕީއެންސީ

ތުލުސްދޫ މެމްބަރު ނަސީމް ޕީއެންސީއާ ގުޅިއްޖެ

ތުލުސްދޫ ތަމްސީލުކުރައްވާ މެމްބަރަކަށް ނަސީމް ހޮވިވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި
29 އޮކްޓޯބަރު 2023

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް މިއަދު ޕީއެންސީއާ ގުޅިވަަޑައިގެންފި އެވެ.

ވީ ކިހިނެއް؟- މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަކަށް ނަސީމް ހޮވިވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ.

އޭނާ ވަނީ މިއަދު ޕީއެންސީއަަށް ގުޅިވަޑައިގެންނެވުމަށް ހުށަހަޅާ ފޯމު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާ ހަވާލުކުރައްވާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންފައި މިވަނީ މަޖިލީހުގެ މެމްބަަރުންތަކެއް އެ ޕާޓީއާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. ރިޔާސީ އިންތިހާބަށް ފަހު، ޕީއެންސީގެ ފަރާތުން ހޮވިވަޑައިގެންނެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕާޓީ ވަރުގަދަކުރުމުގެ މަސަައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަސީމް ޕީއެންސީއާ ގުޅިވަޑައިގެންނެވުމާ އެކު ދެން މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުވާނެ ގޮތަކީ:

  • އެމްޑީޕީ: 55 

  • ޑިމޮކްރެޓްސް: 13 

  • ޕީޕީއެމް: 5 

  • ޕީއެންސީ: 4 

  • އެމްއެންޕީ: 3 

  • ޖުމްހޫރީ ޕާޓީ: 2 

  • އެމްޑީއޭ: 2 

  • އަމިއްލަ: 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް