އިހަވަންދޫ ބަދަރުމައްޗަށް މީހުން އެއްވެފައި: މަރުވެފައިވަނީ އެރަށު މީހެއް (ފޮޓޯ/ މަސްވެރިން އިހަވަންދޫ)

ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ އެކަކު މަރުވެއްޖެ

އޭގެ އިތުރުން އިތުރު ދެ މީހަކަށް ވެސް ވަނީ އެކްސިޑެންޓުގައި އެކިވަރުގެ އަނިޔާވެފައި

ހއ. އިހަވަންދޫ ކައިރީގައި މިއަދު ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެ އިތުރު ދެ މީހަކު ޒަހަމްވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އެކްސިޑެންޓްގައި މަރުވެފައި ވަނީ އަބްދުއްރަޝީދު 68އ، ނަޔާޑޭޒީ، ހއ. އިހަވަންދޫ އެވެ.

ތަފްސީލް - މި އެކްސިޑެންޓްޓާ ގުޅިގެން ފުލުހުން މީީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • އެކްސިޑެންޓް ހިނގާފައި ވަނީ އިހަވަންދޫއާ ޖެހިގެން އޮންނަ ހުވަހަންދޫ ކައިރީގައި 

  • ތިން މީހަކަށް އަނިޔާވެގެން އިހަވަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވޭ؛ އެކަކު ހާލު ސީރިއަސް

ހާލު ސީރިއަސް ވި މީހާ، މިހާރު މަރުވެފައިވާކަން އެ ރަށު ކައުންސިލުގެ ދެ މެންބަރަކު 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

ކައުންސިލް މެންބަރުން 'ދައުރު'އަށް ބުނީ:

  • މަރުވީ ދޯނީގައި ދަތުރު ކުރި ދެ މީހުންގެ ތެރެއިން އެކަކު؛ އެއީ އަބްދުއް ރަޝީދު ދެން ދަތުރު ކުރީ އޭނާގެ ދަރިފުޅު 

  • އެ މީހުން އިހަވަންދޫއިން ފުރައިގެން ދިޔައީ ހިބަރު މަސްވެރިކަމުގައި 

  • މި ހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސުނު ފަހުން 

  • ލޯންޗު އައިސް ޖެހުނީ، ދޯނީގެ ފަހަތުގައި

"މުޅި އިހަވަންދޫ މިއޮތީ ވަރަށް ބޮޑު ހިތާމައެއްގައި.  އެތައްހާސް ރައްޔިތުން އެބަތިބި މިވަގުތު ސިއްހީ މަރުކަަޒު ސަރަހައްދުގައި،" ކައުންސިލް މެންބަރު އަހްމަދު ރިލްވާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް