އިންތިގާލީ ކޮމެޓީން ދިވެހިބަހުގެ އެކެޑެމީއާ އެކު މިދިޔަ ބުދަ ދުވަހު ބައްދަލުވުން. (ފޮޓޯ/ދިވެހިބަހުގެ އެކެޑެމީ)

ބަހުގެ އެކެޑެމީން ނޭނގި އިންތިގާލީ ކޮމެޓީއާ ބައްދަލުކުރި ކަމަށް ބުނެ ޔުމްނާ ކަންބޮޑުވެއްޖެ

މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓަރާއި ޕާމަނަންޓް ސެކެޓްރީއަށް ނާންގައި ބަހުގެ އެކެޑެމީން އިންތިގާލީ ކޮމެޓީއާ ބައްދަލުކުރުމަކީ އެ އެކެޑެމީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވާ ކަމެއް
16 އޮކްޓޯބަރު 2023
2

ދިވެހި ބަހުގެ އެކެޑަމީން ކަމާ ބެހޭ މިނިސްޓްރީއަށް ނޭނގި، އިންތިހާބީ ރައީސްގެ އޮފީހުގެ އިންތިގާލީ ކޮމެޓީއާ ބައްދަލުކުރި ކަމަށް ވިދާޅުވެ، އެ އެކެޑަމީގެ ބެލެނިވެރި ފަރާތް، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އިންތިގާލީ ކޮމެޓީން ބަހުގެ އެކެޑެމީއާ ބައްދަލުކުރީ މިދިޔަ ބުދަދުވަހު އެވެ. އެ ބައްދަލުވުމުގައި އިންތިގާލީ ކޮމެޓީން ވަނީ ބަހުގެ އެކެޑެމީގެ މަސައްކަތްތައް ބަލައި އެ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ހޯދައިފަ އެވެ.

އިންތިގާލީ ކޮމެޓީން ދިވެހިބަހުގެ އެކެޑެމީއާ އެކު މިދިޔަ ބުދަދުވަހު ބޭއްވި ބައްދަލުވުން. (ފޮޓޯ/ދިވެހިބަހުގެ އެކެޑެމީ)

ބުނީ ކީކޭ؟ - އެ ބައްދަލުވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޔުމްނާ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުން ބޭއްވީ މިނިސްޓްރީއަށް އެންގުމެއް ނެތި ކަމަށެވެ.

"މިހާ ހިސާބަށް ދިޔައިމަ އެއްޗެއް ދަންނަވަން ޖެހޭ. އިންތިގާލީ ކަންކަން ކުރިއަށް ގެންދިއުމަށް ޕީއެސް [ޕާމަނަންޓް ސެކެޓްރީ]އާ ހަވާލުކޮށްފައިވަނިކޮށް ޕީއެސްއަށް ވެސް، އަޅުގަނޑަށް ވެސް ނޭނގި އިންތިގާލީ ކޮމިޓީއާ އެކެޑެމީން ބައްދަލުކުރެއްވުމުން އެކެޑެމީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް ވަރު ސާފު،" އެ ޕޯސްޓުގައި ޔުމްނާ ވިދާޅުވި އެވެ.

ތަފްސީލު - މިނިސްޓަރުގެ ޕޯސްޓުގައި ބަހުގެ އެކެޑެމީގެ ރައީސާއި ނައިބު ރައީސްގެ މަސްއޫލިއްޔަތުތައް ވެސް ހިއްސާކުރެއްވި އެވެ. އެގޮތުން، އެކެޑެމީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ބެހޭ ވަޒީރަށް ޖަވާބުދާރީވާން ޖެހޭ ކަމަށް އެކެޑެމީއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުލްރަހީމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ފަހު ވަގުތު ކޯލިޝަން ހެދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެމްބަރެކެވެ.

އެމްޑީއޭއިން ޕީއެންސީއަށް ތާއީދުކުރަން ނިންމީ، އެ ޕާޓީން ފުރަތަމަ ބުރުގައި ތާއީދުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުންނެވެ.

ކޮމެންޓް (2)

އޯޕްލީޒް

16 އޮކްޓޯބަރު 2023
ޔުންމު ކުރި ކަމަކީ ނުފޫޒު ފޯރުވާ އެކެޑަމީގެ baaru ކަނޑުވާލުން
1 0

ހުންބާ

16 އޮކްޓޯބަރު 2023
ތިި ފެންނަނީ އަންނަން އޮތް ސަރުކާރުގެ ބައެއް މީހުންގެ ހުރި ނުބައި ނުލަފާ ކަން. އިލްމު ވެރިން ވަށައިގެން. އރ. އޮނަރަބްލް ޑރ. މ. މުއިއްޒު ގެ އަގު ވައްޓާލަން ކުރި ކަމެއް. ވ. ސާފުކޮށް ބުނެފައި އެއޮތީ ކޮންމެ ދާއިރާއަކުން އިސްކޮށް ހުންނަ ވާނީ ޕީ. އެސް ކަމަށް. ދެން ވަލު ދޮރާށިން ވަދެގެން ކަންތައް އޮޅުންފިލުވީމާ ތިބުނާ އިޚްލާސް ތެރި ކަމެއްނެތްކަން ވ. ސާފު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް