ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ސައުދީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: އެގައުމުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ އެއްބަސްވެފައި

ރާއްޖެ-ސައުދީ

ސައުދީން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ؛ ބޮޑު ބައި އެއާޕޯޓު ނިންމަން

އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއަށް 100 މިލިއަން ޑޮލަރު ހާއްސަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި

ޖުމްލަ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލޯނުގެ ގޮތުގައި ދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ. 

ތަފްސީލު - އަމީރު ވިދާޅުވި ގޮތުގައި:

  • 100 މިލިއަން ޑޮލަރު ދީފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް

  • ބާކީ 50 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ، ސިއްހީ ދާއިރާއާ ގުޅޭ ކަންކަމަށް؛ އޭގެ ތެރޭގައި ހޮސްޕިޓަލް އެޅުން ހިމެނޭ

އޭނާ ވިދާޅުވި ގޮތުގައި، މި ލޯނުގެ މަޝްވަރާތައް ކޮށް، އެ ކަމަށް އެއްބަސްވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު އުމްރާގެ އަޅުކަމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މިހާރު އެ ފައިސާ ދޫކުރުމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވެސް މިއަދު ވަނީ އެ ފައިސާ ދިނުމަށް ނިންމާފައިވާކަން ބައެއް މީޑިއާތަކަށް ހާމަކޮށްފަ އެވެ.

އާ ޓާމިނަލްގެ ޓައިމްލައިން:

  • 21 މޭ 2016 - ޓާމިނަލް އަޅަން ސައުދީގެ ބިން ލާދިން ގްރޫޕާ އެކު ސޮއިކުރި

  • 1 ނޮވެމްބަރު 2016 - ޓާމިނަލް އަޅަން ބިން ލާދިން ގްރޫޕުން ސާވޭ މަސައްކަތް ފެށި

  • 6 އޮގަސްޓް 2018 - އާ ޓާމިނަލްގެ މަސައްކަތް ފަށައި ޝީޓް ޕައިލް ކުރަން ފެށި

  • 27 ޖޫން 2019 - އާ ޓާމިނަލްގެ ޑިޒައިންއަށް ބަދަލު ގެނެސް ބިންލާދިންއާ އެކު އަލުން ސޮއިކުރި

  • 17 ޑިސެމްބަރު 2019 - މަސައްކަތް އަލުން ފަށައި ފައުންޑޭޝަންގެ މަސައްކަތް ނިންމި

  • 20 އެޕްރީލް 2022 - އާ ޓާމިނަލްގެ ފަރުމާތައް ދައްކާލި

އެނގުން މުހިންމު - ސައުދީ ފަންޑުން ވަނީ އެއާޕޯޓް މަޝްރޫއަށް 100 މިލިއަން ޑޮލަރު 2016ގައި ވެސް ދީފަ އެވެ.

އޭގެ އިތުރުން އެއާޕޯޓް މަޝްރޫއަށް ހަރަދުކުރަނީ:

  • 1-

    އޯޕެކް ފަންޑުން ދިން 50 މިލިއަން ޑޮލަރުގެ ލޯނެއް

  • 2-

    ކުވޭތު ފަންޑުން ދިން 50 މިލިއަން ޑޮލަރުގެ ލޯނެއް

  • 3-

    ޗައިނާގެ އެގްޒިމް ބޭންކުން ދިން 373.9 މިލިއަން ޑޮލަރުގެ ލޯނެއް

ކޮމެންޓް (1)

މުޖުތާޒު

15 އޮކްޓޯބަރު 2023
ސައުދީން ފައިސާދޭނެ ސުވާލަކީ އެފައިސާ ކުރިގައެކިގަމުތަކުންދިން ފައިސާޔަށްވީގޮތައްނުވާނެބާ އެހެންވެއްޖެނަމަ އެއްވެސްކަމެއްނުވާނެ އެއީ މިސަރުކާކުގެ އާދައެއް.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް