މިދިޔަ އަހަރު ހުޅުވާލޭގައި ބޭއްވި ޕިންކް ރިބަން ރަން ވޯކް ހަރަކާތުގެ ތެރެއިން (ފޮޓޯ/ބީއެމްއެލް)
ކެންސަރަށް ހޭލުންތެރިކުރަން ބާއްވާ 'ޕިންކް ރިބަން ރަން ވޯކް' ހޮނިހިރުގައި
ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ބާއްވާ 'ޕިންކް ރިބަން ރަން ވޯކް' ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި ހިނގާލުން އޮންނާނީ ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގަ އެވެ. ހުރިހާ ރަށެއްގައި ވެސް ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު ހިނގާލުން ފަށާނެ އެވެ.
ތަފްސީލް - ދުވުމުގައި ބޭނުންކުރާ ބިބް މާލޭގެ އިތުރުން، ހަރަކާތް ކުރިއަށްދާ ހުރިހާ ރަށަކުން ވެސް ގަންނަން ލިބޭނެ އެވެ.
މާލޭން ބިބް ލިބެން ހުންނާނީ:
-
ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް (މަޖީދީމަގު)
-
ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)
-
ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯ (ހުޅުމާލެ)
އެނގުން މުހިއްމު - ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސާ ސޮސައިޓީގެ "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި އަދި ކެންސާ ސްކްރީނިން ފަދަ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.