އޭޑީކޭ ހޮސްޕިޓަލް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކެންސަރު

އޭޑީކޭއިން ކެންސަރާ ބެހޭ މައުލޫމާތު ދޭން އޮންލައިން ސެޝަނެއް

އެ ސެޝަންގައި ހޮސްޕިޓަލުގެ އޮންކޮލޮޖިސްޓު ޑރ. ކަމާލްގެ އިތުރުން ދެ ނަރުހަކު ވެސް ބައިވެރިވެވަޑައިގަންނަވާނެ

ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބައްޔާ މެދު އާންމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދީ، މައުލޫމާތު ސާފުކުރުމުގެ އޮންލައިން ސެޝަނެއް ކުރިއަށް ގެންދަން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ ބުރާސްފަތި ދުވަހު ބާއްވާ މި ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓާ ކުރާ ފަރާތްތަކަށް ސެޝަންއަށް ވަންނާނެ ލިންކު ފޮނުވާނެ އެވެ.

  • ސެޝަން އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު 1 އިން 2 އަށް

ތަފްސީލް - އޭޑީކޭ އިން ބުނީ އެ ސެޝަންގައި ހޮސްޕިޓަލުގެ އޮންކޮލޮޖިސްޓު ކަމާލްގެ އިތުރުން ދެ ނަރުހަކު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ބަލިމީހުންނަށާއި އާންމުންނަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތާ އެކު ކުރިއަށް ގެންދާ ސެޝަންގެ ތެރެއިން ބަލިމީހުންގެ ހާލަތު ހިއްސާކުރުމުން ދެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ވެސް ޑޮކްޓަރު ދެއްވާނެ އެވެ.

މި ސެޝަނުގައި ކެންސަރާ ބެހޭ ގޮތުން ހިތުގައި އުފެދޭ ސުވާލު ކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް އޮންނާނެ އެވެ.

އޭޑީކޭ އިން ކެންސަރާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ ބުރާސްފަތި ދުވަހު
  • ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރާނެ ލިންކު

  • އިތުރު މައުލޫމާތު ސާފު ކުރުމަށް: 7553864

އިތުރު އާޓިކަލް

އިތުރު އާޓިކަލް