ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (ކ) އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މުލިއާއޭގައި ބައްދަލުކުރެއްވުމަށް ފަހު (ފޮޓޯ/ ރައީސް އޮފީސް)

ރައީސްގެ އަނބިކަނބަލުން އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައިފި

ފަޒްނާ ވިދާޅުވީ، އޮމާންކަމާއެކު ވެރިކަން ބަދަލުވުން މުހިއްމު ކަމަށް
9 އޮކްޓޯބަރު 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމަށް ފަހު ފަޒްނާ ވަނީ ދެ ބޭފުޅުންގެ ފޮޓޯއާ އެކު އިންސްޓަގްރާމްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ ފަދަ ޅަ ޑިމޮކްރަސީއެއް އޮތް ގައުމެއްގައި އޮމާންކަމާއެކު ވެރިކަން ބަދަލުވުމަކީ މުހިއްމު ކަމެއް،" ފަޒްނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެބޭފުޅުންގެ ބައްދަލުވުމުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ސާޖިދާއަށް އަރުވާފައިވާނެ އެވެ.

"އަޅުގަނޑުގެ ދުއާއަކީ، އަންނަ ވެރިކަމުގައި ވެސް ދިވެހިން އަމާން ކަމާއި ތަނަވަސްކަން ލިބިގަތުމުގައި ދެމިތިބުން،" ފަޒްނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީއަށް ފަޒްނާ ވަނީ ސާޖިދާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް