ފިހާރައަކަށް ވަދެ އެ ތަނުގެ ސޭޓަށް ހަމަލާ ދޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖުގެ ސްކްރީންޝޮޓެއް.

ފުލުހުން

ފިހާރައަކަށް ވަދެ ސޭޓަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

ފިހާރައަކަށް ވަދެ، އެ ތަނުގެ ސޭޓަށް އިއްޔެ ހަމަލާދީފައިވަނީ 29 އަހަރުގެ ދިވެހި އަންހެނެއް

މާލޭ ފިހާރައަކަށް ވަދެ އެ ތަނުގައި އިން ސޭޓަށް ތޫނު އެއްޗަކުން އިއްޔެ ހަމަލާދީގެން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ. 

ވީ ކިހިނެއް؟ - ފިހާރައަކަށް ވަދެ، އެ ތަނުގެ ސޭޓަށް އިއްޔެ ހަމަލާދީފައިވަނީ 29 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު 'ދައުރު'އަށް ބުނީ، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ބިދޭސީ ފިރިހެން މީހާއަށް އޭޑީކޭގައި ފަރުވާ ދީފައި ވާއިރު، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އޭޑީކޭގެ ބަހެއް ވެސް އަދި ލިބޭ ގޮތެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ ހެނދުނު 11:02 ހާއިރު ހިނގި އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ފޯނު ވިއްކާ ފިހާރައަކަށް ވަދެ، އެ ފިހާރާގައި އިންނަ ސޭޓަށް ބިރު ދައްކައި ހަމަލާ ދިނުމަށް ފަހު އެ އަންހެން މީހާ އެ ތަނުން ނުކުމެގެންދާ ތަނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް