ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކުރެހުމެއް

އެޗްޑީސީ

ހުޅުމާލޭ ހުޅަނގު ދެކުނު ބަނދަރު ތަރައްގީކުރަން ޖީޕީއެލް ހޯލްޑިންސްއަށް

މި ތަން ތަރައްގީ ކުރުމަށް ޑިންގީ ގެންގުޅޭ ފަރާތްތަކަށް ފަސޭހަ ވާނެ ކަމަށް އާބަންކޯ އިން ބުނޭ
4 އޮކްޓޯބަރު 2023

ހުޅުމާލޭގެ ހުޅަނގު ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އާބަންކޯ އިން ބުނި ގޮތުގައި، މިއީ މާލޭ ސަރަހައްދުގައި އެންމެ ޖެޓީ ހާބަރެއް ތަރައްގީކޮށްފައިވުމާއި އެ ތަނަކީ އެންމެ އެކަށޭނެ މިންވަރަށް ބޮޑު ބަނދަރަކަށް ނުވުމުން، އޭގެ ފަސޭހަ އާއްމުންނަށް ހޯދައިދިނުމަށް ފަށާ މަސައްކަތެކެވެ. އަދި މި މަޝްރޫއުގެ ސަބަބުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ވެސް އޭގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އެ ތަނުން ބުންޏެވެ.

ތަފްސީލް - އާބަންކޯ އިން ބުނި ގޮތުގައި:

  • ހުޅުމާލޭގައި މުދާ އުފުލާ އުޅަނދުތަކަށް ހާއްސަކޮށް ބަނދަރެއް ނެތުމުން ދިމާވާ ދަތިތަކަށް މި ބަނދަރު ތަރައްގީކުރުމުން ހައްލު ލިބިގެންދާނެ 

  • ބަނދަރުގެ މި ސަރަހައްދުގައި ޕާކިން ޒޯނެއް ތަރައްގީ ކުރާނެ

  • އެ ތަނުގައި، ކާރާއި ސައިކަލު ފަދަ އުޅަނދުތައް އާއްމުންނަށް ޕާކު ކުރެވޭނެ؛ މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ އުޅަނދު ޕާކުކުރުމުގެ މައްސަލައަށް ލިބޭނެ ލުޔެއް ކަމަށް ވެސް އާބަންކޯ އިން ބުނި

އިތުރު އާޓިކަލް

އިތުރު އާޓިކަލް