އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި މެމްބަރުން ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވޯޓު ދެނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ނިންމައިފި

ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމައިފި ނަމަ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން ހުށަހެޅި ގަރާރު ފާސްކުރީ ހާޒިރުވެ ތިބި 90 މެމްބަރުންގެ ވޯޓުން
3 އޮކްޓޯބަރު 2023
2

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓަކަަށް ދާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރުމަށް އެެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ކަމަށް ބަޔާންކޮށް، ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

ތަފްސީލް - ރިޔާސަތުން ހުށަހެޅި ގޮތަށް ބަރުލަމާނީ ނިޒާމަށް ތާާއީދުނުކުރުމަށް ގައުމީ މަޖިލީހުން ނިންމީ ބައްދަލުވުމުގައި ހާޒިރުވެ ތިބި 90 މެމްބަރުންގެ އިއްތިފާގުންނެވެ.

އެނގުން މުހިއްމު - އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރިއިރު، އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށެވެ. މިރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނިޒާމީ ވޯޓަކަށް ހިނގައްޖެ ނަމަ، އެ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަސްމަންޒަރު - ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އާއްމު ވޯޓެއް ނަގަން، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެނގުން މުހިއްމު - ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ނަގާ ހިޔާލު ހޯދުމުގެ ވޯޓު މި މަހުގެ 30ގެ ކުރިން ނަގަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންގަން މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

ކޮމެންޓް (2)

ޖަޒްބާތު

4 އޮކްޓޯބަރު 2023
ތިޔަ ނިންމުމަކީ ޖަޒުބާތުގައި ނިންމި ނިންމުމެއް. ވަރަށް ހުތުރު.
0 1

ހިރަމަންސް

4 އޮކްޓޯބަރު 2023
2018ގެ މެނިފެސްޓޯގަ ލިޔެފަ މިއަދު ޖަޒުބާތަށްވީ. 2024 މަޖިލިސް އިންތިޚާބު ގެއްލޭއިރަށް މުއިއްޒުގެ ވެރިކަމުގެ ތަރައްގީ އާއިއެކު 2028 ގެއްލިގެންދާއިރު އެމްޑީޕީ އޮންނާނީ ޑީއާރުޕީ ވެފަކަމަށް ވ ބެލެވޭ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް